މިއަދު އޮތް ބައްދަލްވުން
ހަބަރު
23 Apr 2026 | 18:45
ޖަމްޢިއްޔަތުއްސަލަފުން މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށްފި

ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިޖުތިމާޢީ އެކި ކަންކަމުގައި އެހީތެރިކަން ހޯދުމާ ގުޅޭގޮތުން، ޖަމްޢިއްޔަތުއްސަލަފުން މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމުގެ އިތުރުން ކައުންސިލްގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ މުޙައްމަދުގެ އިތުރުން ޖަމްޢިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދީނީ ހޭލުންތެރިކަން ފެތުރުމުގެ މަސައްކަތުގައި ސިޓީ ކައުންސިލުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުން ކަމަަށް ސަލަފުން ބުންޏެވެ.

މިގޮތުން،މާލޭ ސިޓީކައުންސިލާ ޖަމްޢިއްޔަތުއް ސަލަފާ ދެމެދު ފަހުނާމާއެއްގައި ސޮއިކުރުމުގެ އިތުރުން، މާލޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ޑިޖިޓަލް ސްކްރީންތައް މެދުވެރިކޮށް ދީނީ މެސެޖުތައް ފެތުރުމާއި، އެ ސްކްރީންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.އަދި ސިޓީ ކައުންސިލުގެ ދަށުގައިވާ މާލޭގެ ބޮޑެތި ހުސްބިންތަކުގައި ދެފަރާތުން ގުޅިގެން ހިންގިދާނެ ޙަރަކާތްތަކާ ބެހޭގޮތުން ވާހަދެކެވުނު ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. 

މީގެ އިތުރުން، ބާވެ ހަލާކުވެފައިވާ ދީނީ ލިޔުންތައް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ނައްތާލުމުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ.

ޖަމްޢިއްޔަތުއްސަލަފުން ކޮންމެ ރަމަޟާން މަހަކު ހަސްފަތާލުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “ހަޔާދާ” ރޯދަވީއްލާ ޕެކް ތައްޔާރުކުރުމުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނު ކަމަަށާ އެގޮތުން މި ޕެކްތައް ތައްޔާރުކުރުމަށް ގަންނަ ތަކެތި ގުދަންކޮށް، ޕެކް ކުރުމުގެ މަސައްކަތް ކުރާނެ އެކަށީގެންވާ ތަނެއް ހޯދުމުގައި ކައުންސިލުގެ އެހީތެރިކަން ދިނުމާ ބެހޭގޮތުން ދެ ފަރާތުން މަޝްވަރާ ކުރި ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

މި ބައްދަލުވުމަކީ މާލޭ ސިޓީގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިޖުތިމާޢީ ކަންކަމުގައި މަދަނީ ޖަމްޢިއްޔާތަކާއި ސަރުކާރުގެ އިދާރާތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ޖަމްޢިއްޔަތުއްސަލަފުން ބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް