ފިހުނު ކުކުޅު
ލައިފްސްޓައިލް
24 Apr 2026 | 10:02
މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވެސް ވަރަށް މީރު ވާނެއެވެ. 

ބޭނުންވާ ތަކެތި:

1ކިލޯ ކުކުޅު (ހަން ނުނޮޅައި، މެދުން ފަޅާލާފައި)

1 ބޮޑު ފިޔާ

3 ލޮނު މެދު

ހިކަނދިފަތް

1/2 އިންޗި އިނގުރު

ގިތެޔޮ މިރުސް

4 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 ސައި ސަމުސާ މުގުރި އަސޭމިރުސް

1/2 ސައިސަމުސާ ދިރި

3 ކާށި ފޮތި (ފިހެފައި)

ނޫޑްލްސް ސޫޕް ޕެކެޓެއް

3 ބިލިމަގު (ބޮޑު)

1 1/2 މޭޒުމަތީ ސަމުސާ ތަންޑޫރީ ޗިކަން މަސާލާ

1 1/2 ލުނބޯ

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 ސައި ސަމުސާ އޮއިސްޓާ ސޯސް 

1 ސައިސަމުސާ ލޮނު

6 މޭޒުމަތީ ސަމުސާ މެލްޓެޑް ބަޓަރު

ތައްޔާރުކުރާނެ ގޮތް 

1) ފިޔާ، ލޮނުމެދު، ހިކަނދިފަތް، އިނގުރު، ގިތެޔޮ މިރުސް، މުގުރި މިރުސް، ތަންދޫރީ ޗިކަން މަސާލާ، ބިލިމަގު، އަސޭމިރުސް، ދިރި، ކާށި އަދި ނޫޑްލްސް ސޫޕް ޕެކެޓް، އެއްކޮށް މިކްސަރުން ހިމުންކޮށް މުގުރާލާއި ލޮނު މިރުސް ގަނޑެއް ތައްޔާރު ކޮށްލާށެވެ. އެއަށްފަހު މިރުސްގަނޑު ތައްޓަކަށް އަޅާލައި ގާތްގަނޑަކަށް އެއް ސައިސަމްސާ ލޮނު އަޅާލައި އެކުލަވާލާށެވެ.

2) ދެން ކުކުޅުގައި ރަނގަޅަަށް ލޮނުމިރުސް އުނގުޅާލުމަށްފަހު ފްރިޖްއަށްލައި 2 ގަޑިއިރު ވަންދެން މެރިނޭޓް ކޮށްލާަށެވެ.

3) އެއަށްފަހު ސޯޔާ ސޯސް، އޮއިސްޓާ ސޯސް އަދި ބަޓަރު ވަކި ތައްޓެއްގައި އެކުލަވާލާފައި ބަހައްޓާށެވެ. 

4) ކުކުޅު މެރިނޭޓްވުމުން މައްޗަށް ލުނބޯހުތް ފިތާލައި ކުކުޅުގައި ރަނގަޅަށް އުނގުޅާލާށެވެ. ދެން 200 ޑިގްރީސް ސެލްސިއަސްއަށް 10 މިނެޓް ވަންދެން އަވަން ޕްރީ ހީޓް ކުރާށެވެ. 

5) އެއަށްފަހު ކުކުޅު ޓްރޭއަށް ލުމަށްފަހު، އަވަނަށް ފިހަން ލާށެވެ. ގާތްގަނޑަކަށް 30 މިނެޓްސް ވަންދެން ކުކުޅު ފިހެވުމުން، އަވަނުން ނެގުމަށްފަހު ތައްޔާރުކުރި ބަޓާރ މިކްސް ކުކުޅުގައި ރަނގަޅަށް އުނގުޅާލާށެވެ. 

6) ދެން އަނެއްކާވެސް ކުކުޅު އަވަނަށްލައި ރޯ ފިލަންދެން ފިހެލާށެވެ. ކުކުޅުގެ ރޯ ފިލައި ދިޔަގަނޑު އެއްކޮށް ނުހިކެނީސް އަވަނުން ނަގަންވާނެއެވެ. ނެގުމަށްފަހުގައި އެ ދިޔަގަނޑުވެސް ކުކުޅުމައްޗަށް އަޅައި ކުކުޅުގައި އުނގުޅާލަން ވާނެއެވެ. 

މިހާރު އެހުރީ ވަރަށް ޖޫސީ އެއަށްވުރެވެސް މީރު ފިހުނު ކުކުޅު ތައްޔާރުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ