ވެކްސް ކުރަން ބޭނުންކުރާ ސާމާނު-
ދީން
24 Apr 2026 | 13:03
”ވެކްސް އާއި "ލޭޒާ ޓުރީޓްމެންޓު" ހެދުމަށް، ހިލޭ މީހުންގެ ކުރިމަތީ ޢައުރަ ކަޝްފުކުރުން ހުއްދައެއް ނޫން“

ސާފުތާހިރުވުމުގެ ނަމުގައި ކުރާ "ވެކްސް" ނުވަތަ "ލޭޒާ ޓުރީޓްމެންޓު" ފަދަ ކަންކަން ކުރުމަށްޓަކައި، ދީނީ ގޮތުން ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ސާފުތާހިރުކަމާއި ޒީނަތްތެރިކަން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، މިއަދުގެ ޒަމާނީ ވަސީލަތްތަކާއެކު ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވާތަން ފެންނަމުންދާ ކަމަށެވެ. އެގޮތުން ސެލޫންތަކަށް ގޮސް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ހާމަކުރުމަކީ ދީނީ ގޮތުން ނުރައްކާތެރި ކަމެއްގެ ގޮތުގައި ޚުތުބާގައި ފާހަގަކުރިއެވެ. މިފަދަ ކަމެއް ހުއްދަވާނީ ހަމައެކަނި ޞިއްޙީ ފަރުވާއެއް ފަދަ ޟަރޫރީ ޙާލަތެއްގައި އެކަނި ކަމަށްވެސް ބުނެފައިވެއެވެ.

އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީންކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ، އެހެން ޙަޟާރަތްތަކާ ޚިލާފަށް އިސްލާމްދީން ބަލަނީ ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ނޫން ކަމަށާއި، އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމަށް ކަމަށެވެ. އަދި ތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި ކަމަށާއި، ޙަޤީޤީ ތާހިރުކަމަކީ ޝިރުކާއި ޙަސަދައާއި ޝައްކުތަކުން ހިތް ސާފުކުރުން ކަމަށްވެސް ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނިގޮތުގައި، ފިޠުރަތުގެ ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ޚިތާނުކުރުމާއި، ފޫޅުންތިރީ އިސްތަށި ބޭލުމާއި، ނިޔަފަތި ކެނޑުން ފަދަ ކަންކަމަށް ފަރުވާކުޑަކުރުމަކީ ޖަރާސީމު އުފެދި ނުބައިވަސް ދުވުމަށް މެދުވެރިވާ ކަމެކެވެ. މީގެއިތުރުން، މިސްކިތްތަކަށްދާއިރު ދުންފަތުގެ އިސްތިއުމާލުކުރުމާއި، ފިޔާ ނުވަތަ ލޮނުމެދު ކައިގެން އަނގައިން ނުބައިވަސް ދުވާ ޙާލުގައި ނުދިޔުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ހެދުން އެޅުމާއި ޒީނަތްތެރިވުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޚުތުބާގައި ބުނީ، ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުން ކަމަށާއި، ނަމަވެސް ބުރުގާގެ ތެރެއިން ކަންފަތް ނުވަތަ ކަނދުރާ ފެންނަގޮތަށް ހެދުން އެޅުމަކީ ޙިޖާބުގެ މަޤުޞަދު ގެއްލޭ ކަމެއް ކަމަށެވެ. އަދި ފިރިހެނުންވެސް ކުޅިވަރުގެ މައިދާނުގައި ޢައުރަ ހާމަކުރުމުން ދުރުހެލިވުމަށް ވަނީ ގޮވާލާފައެވެ.

ޒީނަތްތެރިވުމުގެ ނަމުގައި الله އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިއެއް ކަމަށާއި، ޓެޓޫ ޖެހުމާއި ބުމަ ހެދުން ފަދަ ކަންކަމަކީ اللهގެ ލަޢުނަތް ހުރި ކަންކަން ކަމުގައިވެސް ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި ވުޟޫކުރާއިރު ފެން ނުޖެހޭ ފަދަ އެއްޗެހި ބޭނުންކުރުމުން ނަމާދު ޞައްޙަ ނުވާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ޚުތުބާ ނިންމާލަމުން ބުނީ، ޒީނަތްތެރިވުން އެންމެ އައުލާވެގެންވަނީ ދެމަފިރީން އެކަކު އަނެކަކަށް ކަމަށާއި، އެންމެ ރީތި ހެދުމާއި މީރުވަސްދުވާ ތަކެތި ބޭނުންކުރަންވީ ބޭރަށް ނުކުންނައިރު ނޫން ކަމަށެވެ. އަދި އަނބިދަރިންނަށް ދީނީ ކަންކަމުގައި ނަސޭހަތްތެރިވުމުގައި ހަރުކަށިކަން ދޫކޮށް، ލޯތްބާއި ހިކުމަތްތެރިކަން އިސްކުރުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.