ނަޝީދު އާއި އިންޑިޔާގެ ބޮޑުވަޒީރު މޯދީ
ހަބަރު
24 Apr 2026 | 14:32
ރާއްޖެއަށް 30 ބިލިއަން އިންޑިއަން ރުޕީސްގެ ލޯނެއް ދިނުމުން ނަޝީދުގެ ޝުކުރު އިންޑިޔާއަށް

އިންޑިއާގެ ރިޒާވް ބޭންކާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ނަގާފައިވާ 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި ހަލާސްކުރުމާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، 23 އެޕްރީލް 2026 ގައި ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ދަރަނި ދިވެހި ސަރުކާރުން ހަލާސްކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެ ދުވަހު އިންޑިއާ އިން ވަނީ އަލުން 30 ބިލިއަން އިންޑިއަން ރޫޕީސްގެ އާ ފެސިލިޓީއެއް ރާއްޖެއަށް ހަމަޖައްސައިދީފައެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ދަރަނި ދައްކަންޖެހޭ ދުވަހު އާ ފަންޑިންއެއް ހަމަޖެހިގެން ދިއުމަކީ ގައުމުތަކުން އާންމުކޮށް "ސްވޮޕް ރޯލްއޯވަރ" ކުރާ ގޮތެވެ. އެއީ ކުރީގެ ދަރަނި އާ ދަރަންޏަކުން ބަދަލުކުރުމެވެ. ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ އާމްދަނީ 30 އިންސައްތަ ދަށްވެފައިވާއިރު، ސަރުކާރުގެ ޚަރަދުތައް ހުރީ އިސްރާފުވާ މިންވަރަށް މަތީގައި ކަމަށް އެމަނިކުފާނު ވިދާޅުވުއެވެ.

އަދި، ދަރަނި މެނޭޖްކުރުމުގެ ދެމެހެއްޓެނިވި ޕްލޭނެއް ސަރުކާރަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ދައްކައި ހަލާސްކުރުމަކީ ދިވެހި އިގްތިސާދު ރަނގަޅުވެ، ރާއްޖޭގެ މާލީ ހާލަތުގެ ދުޅަހެޔޮކަން ޔަގީންކޮށްދޭ ކަމެކެވެ. މިކަން އިންޑިއާގެ ނޫސްތަކުން ވެސް ވަނީ ބޮޑު ސަމާލުކަމެއް ދީގެން ރިޕޯޓްކޮށްފައެވެ.

މި ލޯނު ދެއްކުމާއެކު އިންޑިއާ އިން އަލަށް ދޫކުރަން ނިންމި 30 ބިލިއަން ރޫޕީސްގެ ކަރަންސީ ސްވޮޕާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ، މި ފެސިލިޓީގައި ރާއްޖެއަށް ގިނަ ލުއިތަކެއް ހިމެނޭނެ ކަމަށެވެ.

ދިވެހި ސަރުކާރުގެ ފޮރިން މިނިސްޓްރީން ވަނީ އިންޑިއާ ސަރުކާރުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް
އަހުދުނާމާ
މީނަގެ ވެރިކަމުގަ ޕްރީޕެއިޑް ޝިއުނާއަށާ ރީކޯ މޫސަޔާށާ ކައިރީ އުޅުނު އައްވާނުންނައް ދައުލަތުން ހަރަދުކުރުމުން އޭރު އެއްޗެހި އަގު ބޮޑު ވެގެން ރައްޔިތުން އުޅުނު ހަދާންވޭ
24 Apr 2026
ގުޅޭ ލިޔުންތައް
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.