ފަލަސްތީން؛ ފޮޓޯ / ޕީބީއެސް
ދުނިޔެ
25 Apr 2026 | 12:10
އިސްރާއީލު ސިފައިން ހުޅަނގު އައްސޭރިއަށް އަރައި ފަލަސްތީނުގެ ގިނަ ބަޔަކު ހައްޔަރުކޮށްފި

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރިއަށް އަރައި، ފަލަސްތީނުގެ ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފަލަސްތީނުގެ ނޫސް އެޖެންސީ، ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިން ވަނީ ނާބްލަސް ސިޓީއަށް ވަދެގަނެ އެ ރަށުން ތިން މީހަކު ހައްޔަރުކޮށްފައެވެ.

ނާބްލަސްގެ އިރުމަތީގައި އޮންނަ ސާލެމް އަވަށަށް އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ޒުވާނަކު ހައްޔަރުކޮށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރޭގައި އިސްރާއީލު ސިފައިން ބަޑިން ހަމަލާދީފައެވެ. މި ހަމަލާގައި އެ ޒުވާނާގެ ކާރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް ވަފާ ނޫސް އެޖެންސީން މަޢުލޫމާތު ދެއެވެ.

ރާމަﷲގެ އިރުއުތުރުގައި އޮންނަ އަލް-މުޣައްޔަރު އަވަށަށް އިސްރާއީލު ސިފައިން ވަދެގަނެ، ފަލަސްތީނުގެ ފަސް ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުން ކުރިއަށްގެންދާ މިފަދަ ރޭޑްތައް ފަހަކަށް އައިސް ވަރަށްބޮޑަށް އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، ބެތުލެހެމްގެ ދެކުނު އިރުމަތީގައި އޮންނަ ތުޤޫ އަވަށަށް ވެސް އިސްރާއީލު ސިފައިން ވަނީ އަރައިގަނެފައެވެ. އެ ސަރަހައްދުގައި ހުންނަ އަލް-މަންޝިއްޔާ އަދި މަރާހް ރަބާ ސަރަހައްދުތަކަށް ވަދެވޭ ގޮތަށް ހުރި ދަގަނޑު ގޭޓުތައް ބަންދުކޮށް، އާންމުންގެ ދަތުރުފަތުރަށް ވަނީ ހުރަސް އަޅާފައެވެ.

އިސްރާއީލު ސިފައިންގެ ހަރަކާތްތަކުގެ އިތުރުން، ނާބްލަސްގެ ދެކުނުގައި އޮންނަ ގުސްރާ އަވަށުގައި އިސްރާއީލުގެ ވަޒަންވެރިން ވެސް ވަނީ ފަލަސްތީނު މީހުންނަށް އަމާޒުކޮށް ވަނީ ހަމަލާތަކެއް ދީފައެވެ. މި ހަމަލާގައި ފަލަސްތީނު ރައްޔިތުންގެ ގެދޮރަށް ގެއްލުން ދިނުމުގެ އިތުރުން، އާންމުންގެ ދެ އުޅަނދެއްގައި ވަނީ އަލިފާން ރޯކޮށްލާފައެވެ.

އިސްރާއީލުން ފަލަސްތީނަށް ދޭން ފެށި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައި އޮތް ނަމަވެސް، އިސްރާއީލުން ދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފަށް ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ހަމަލާދީ، ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހަރަކާތްތަކެއް ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.