އެޗްޑީސީ
25 Apr 2026 | 15:50
އެޗްޑީސީ އާއި އެމްއައިޓީ ގުޅިގެން ކަނބަލުންނަށް ކަރަންޓް ސާމާނު މަރާމާތުކުރަން ދަސްކޮށްދެނީ

އެޗްޑީސީއާއި އެމްއައިޓީ ގުޅިގެން، ކަނބަލުންނަށް ގޭތެރޭގައި ހިފާ ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް ބޭއްވުމަށް ނިންމައިފއިެވެ.

އެޗްޑީސީން ބުނީ "ވިލުންވެރި ކަނބަލުން" ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުވާ އަންހެނުންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްކަމަށެވެ.

މި ޕްރޮގްރާމްގައި ހިފާގެންގުޅޭ ކަރަންޓު ސާމާނު އަމިއްލައަށް މަރާމާތުކުރަން ދަސްކޮށްދޭނެއެވެ. އެގޮތުން، މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ގޭތެރޭގައި ދިމާވާ ކުދިކުދި ކަރަންޓު މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށް އުނގަންނައިދިނުމާއި، އެފަދަ ޙާލަތްތަކުގައި ކުރެވިދާނެ ކަންކަމަށް އަމިއްލަ ނަފްސު ތައްޔާރު ކުރުމެވެ.

އެޗްޑީސީން ވަނީ މީގެ ކުރިންވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން 2023 ވަނަ އަހަރު ކުރިއަށްގެންދެވުނު  ޕްރޮގްރާމްގައި 323 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން އެޗްޑީސީން ވަނީ މި އަހަރުގެ ތެރޭގައި މި ސިލްސިލާގެ އިތުރު ޓްރެއިނިންގްތަކެއް ކުރިއަށް ގެންދަން ނިންމާފައެވެ. އެގޮތުން، ޑޮމެސްޓިކް އެޕްލައެންސް ޓްރެއިނިންގްގެ އިތުރުން ސައިކަލުތަކަށް ދިމާވާ ކުދި ކުދި މައްސަލަތައް ހައްލު ކުރުމުގެ ޙާއްސަ ޓްރެއިނިންއެއް ވެސް މިއަހަރު ތެރޭގައި ބޭއްވުމަށް އެޗްޑީސީން ވަނީ ތާވަލު ކޮށްފައެވެ. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ކަނބަލުންނަށް މިފަދަ ފަންނީ ހުނަރުތައް ދަސްކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މިފަހަރުގެ ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މެއިމަހުގެ 7 ވަނަ ދުވަހެވެ. ކްލާސްތައް ކުރިއަށްގެންދިއުމަށް ތާވަލްކޮށްފައިވަނީ، މެއިމަހުގެ 14 އިން 16 ގެ ނިޔަލަށެވެ. މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހާއްސަ ލިންކުން ރަޖިސްޓްރީ ކޮށްލެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.