ޕީއެންސީ ބައި އިލެކްޝަން ޕްރައިމަރީ؛ ފޮޓޯ / ޕީއެންސީ
ހަބަރު
25 Apr 2026 | 10:23
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ބައި އިލެކްޝަން ފަށައިގެން ކުރިއަށް

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މުޙައްމަދު ސިނާން އަތުން ގެއްލުމުގެ ސަބަބުން ބާއްވާ ބައި އިލެކްޝަނުގައި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަ ކުރާ ކެނޑިޑޭޓް ހޮވުމަށްޓަކައި ބާއްވާ ޕީއެންސީގެ ބައި އިލެކްޝަން ޕްރައިމަރީ ފަށައިފިއެވެ.

ޕީއެންސީ ބައި އިލެކްޝަނުގެ ޕްރައިމަރީ ފަށާފައިވަނީ މިއަދު ހެނދުނު 9:00 ޖެހިއިރުއެވެ. އަދި ވޯޓުލާ ފޮށިތައް މިއަދު ހަވީރު 4:00 ޖަހާއިރު ބަންދުކުރާނެއެވެ.

މި އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫގައި ފޮށި ބެހެއްޓިފައި ހުންނާނީ ހިތަދޫ ސްކޫލްގައެވެ. އަދި މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓުލާން ދާން ޖެހޭނީ ކަލާފާނު ސްކޫލަށެވެ.

ޕީއެންސީގެ ޕްރައިމަރީގައި ޖުމްލަ 2 ކެނޑިޑޭޓުން ވާދަކުރާއިރު، އެ ދެ ކެނޑިޑޭޓުންނަކީ، ގޮނޑި ގެއްލުމުން އަލުން ވާދަކުރައްވާ ހުޅުދޫއާގެ، ސ. ހިތަދޫ މުޙައްމަދު ސިނާން އާއި ބަލީލް، ސ. ހިތަދޫ އަޙްމަދު ސަޢީދުއެވެ.

މުޙައްމަދު ސިނާން އަށް ގޮނޑި ގެއްލިފައިވަނީ، ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވެ، ކޯޓުން އޭނާގެ ގޮނޑި ގެއްލުނު ކަމަށް ހުކުމް ކުރުމުންނެވެ. އަދި އޭނާ އަކީ، ޕީއެންސީގެ ފަރާތުން އެ ގޮނޑިއަށް ވާދަކޮށް ދިގު މުއްދަތަކަށް އެ ދާއިރާގެ މެންބަރުކަން އަދާ ކުރަމުންދިޔަ މުޙައްމަދު އަސްލަމް މަޖިލިސް އިންތިހާބުން ބަލިކޮށް، ގޮނޑި ކާމިޔާބު ކުރެއްވެވި ބޭފުޅެކެވެ.

އެމްޑީޕީގެ ފަރާތުން ބައި އިލެކްޝަނުގައި ވާދަކުރައްވާނީ، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު، ޢަބްދުﷲ ޞާދިޤުއެވެ. އޭނާ އަކީ، އައްޑޫ ސިޓީގެ މޭޔަރެއްގެ ގޮތުގައި 10 އަހަރު ހޭދަކޮށްފައިވާ ބޭފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.