ދިއްލީ އެއަރޕޯޓުގައި ހިނގި ހާދިސާގެ ފޮޓޯތައް؛ ފޮޓޯ / މަތްރުބުހްމީ
ދުނިޔެ
26 Apr 2026 | 11:30
ސްވިސް އެއާގެ ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވެ، 6 މީހަކަށް އަނިޔާވެއްޖެ

އިންޑިއާގެ ވެރިރަށް ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު ސްވިސް އިންޓަނޭޝަނަލް އެއާލައިންސްގެ ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވެ، 6 މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި ހިނގައިފައިވަނީ އިންޑިއާ ގަޑިން ރޭ ދަންވަރު 1:08 ގައެވެ. އަދި ހަ ފަސިންޖަރަކަށް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ހާދިސާ ހިނގައިދިޔަ ގޮތް ފެންނަ ވީޑިއޯ

ދިއްލީން ސްވިޒަލޭންޑްގެ ޒިއުރިކަށް ދަތުރުކުރުމަށް ހަމަޖެހިފައި އޮތް ފްލައިޓް ނަންބަރު އެލްއެކްސް 147، އެއާބަސް އޭ-330 މަރުކާގެ ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވީ މިއަދު ފަތިހު 1:08 ހާއިރު ރަންވޭމަތިން ނައްޓާލަން ދުއްވަމުން ދަނިކޮށެވެ. އިންޖީނުން އަލިފާން ފެނުމާއެކު، ޕައިލެޓުން ވަނީ ވަގުތުން ޓޭކް-އޮފް މެދުކަނޑާލައި، ފަސިންޖަރުން ރައްކާތެރިކަމާއެކު ބޭލުމުގެ މަސައްކަތް ފަށާފައެވެ.

މި ބޯޓުގައި ޖުމްލަ 228 ފަސިންޖަރުންނާއި 4 ތުއްތު ކުދިން ތިއްބެވެ. އެއާލައިނުން މައުލޫމާތު ދީފައިވާ ގޮތުގައި، ގިނަ ފަސިންޖަރުން ބާލާފައިވަނީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ އިމަޖެންސީ ސްލައިޑްތައް މެދުވެރިކޮށެވެ. ނަމަވެސް، ސްލައިޑް ބޭނުންކުރަން އުނދަގޫވި ބައެއް ފަރާތްތަކަށް ސިޑި މެދުވެރިކޮށް ބޯޓުން ފޭބުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ސްވިސް އެއާލައިންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާގައި އަނިޔާވި ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ބޯޓުގެ ކުރޫއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި ބޯޓުން ބޭލި ފަސިންޖަރުންނަށް ބޭނުންވާ ހޮޓާ އަދި ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށް އެއާލައިންގެ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ސްވިސް އެއާލައިންގެ ޓެކްނިކަލް މާހިރުންގެ ޓީމެއް ދިއްލީއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއާލައިނުން ބުނި ގޮތުގައި، މި މައްސަލަ ތަހުގީގު ކުރުމުގައި އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށާއި، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނިން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.