އަރާގްޗީ ޕުޓިންނާއެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި..
ދުނިޔެ
27 Apr 2026 | 09:33
އީރާނުގެ ހާރިޖީ ވަޒީރު އަރާގްޗީ ރަޝިއާގެ ރައީސް ޕުޓިން އާ ބައްދަލުކުރައްވަނީ

ރަޝިއާއަށް ވަޑައިގެން އުޚުއްވާ އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ މިއަދު ރަޝިއާގެ ރައީސް ޕުޓިން އާއެކު ބާއްވަވާ ބައްދަލުވުމުގައި މުހިންމު ކަންކަމާ ގުޅޭގޮތުން މަސްވަރާ ކުރެވިގެންދާނޭކަމަށް އަރާގްޗީ ވިދާޅުވެއްޖެއެވެ.

މީޑިއާ އާ ވާހަކަދައްކަވަމުން އަރާގްޗީ ވިދާޅުވީ އޭނާ ރަޝިއާއަށް ވަޑައިގެންނެވި މި ދަތުރަކީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި ތެހެރާނާއި މޮސްކޯއާ ދެމެދު އޮންނަ ގާތް މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އީރާނުގެ މީޑިއާތަކާ ވާހަކަދައްކަވަމުން އަރާގްޗީ ވިދާޅުވީ، ރަޝިއާގެ ރައީސް އާއެކު ބާއްވާ ބައްދަލުވުމުގައި ހަނގުރާމައިގެ އެންމެ ފަހުގެ ހާލަތާއި ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ހަމަޖެހިފައިވާކަމަށެވެ. 

އިރާނުގެ ޚާރިޖީ ވަޒީރު މިހާރު ހުންނެވީ، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން ހިމެނޭހެން އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ސެއިންޓް ޕީޓަސްބާގްގައެވެ.

އަރާގްޗީ ވިދާޅުވީ، ދެ ގައުމުގެ މެދުގައި ކުރެވޭ މަޝްވަރާތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކަކީ ވަރަށް ބޮޑު އަހަންމިއްޔަތެއް ދެވޭނެ ކަންތައްތަކެއް ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.