ޣައްޒާ؛ ފޮޓޯ / ޔޫއެން ވުމެން
ދުނިޔެ
27 Apr 2026 | 16:21
އިސްރާއީލުން ޣައްޒާއަށް ހަމަލާދީ، ކުޑަކުއްޖަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާއަށް ހަމަލާދީ، ކުޑަކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

މި ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 15 އަހަރުގެ އަހްޔަމް އަލް އޮމާރީ ކަމަށް ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ "ވާފާ" އިން ވަނީ ރިޕޯޓްކޮށްފައެވެ. އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި އެ ކުއްޖާގެ އިތުރުން, އިތުރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް އެ އެޖެންސީން ބުނެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ޣައްޒާގެ ބައިތު ލާހިޔާގައެވެ. މިއީ އިސްރާއީލާއި ހަމާސްއާ ދެމެދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން، އެއްބަސްވުމާ ހިލާފަށް ހިނގަމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ފާހަގަކުރެއެވެ.

އިސްރާއީލު ސިފައިން ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ހަތިޔާރު އެޅި މީހަކަށް އަމާޒުކޮށް ހަމަލާދީފައިވާނެއެވެ. ނަމަވެސް މި ހާދިސާގައި އާންމުންނާއި ކުޑަކުދިން މަރުވަމުންދާ މައްސަލައިގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކައް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފާއިތުވި ދުވަސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި އެހީދޭ ޖަމިއްޔާތަކުގެ މުވައްޒަފުންނާއި ނޫސްވެރިންވެސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.