ޝާހީން
ރިޕޯޓް
28 Apr 2026 | 12:01
ވަޒީފާއަށް ފަރުވާތެރި ހީވާގި ޒުވާނެއް؛ ޝަހީންގެ ކުއްލި ވަކިވުމާއެކު ޢާއިލާއަށާ ކުންފުންޏަށް ފުން ހިތާމައެއް

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) ގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 29 އަހަރުގެ މުޙައްމަދު ޝާހީން ރަމީޒް މިދިޔަ އާދިއްތަ ދުވަހު ކުއްލި ގޮތަށް ވަކިވެދިޔަ ޚަބަރަކީ އޭނާގެ ޢާއިލާ އަށާއި އެކުގައި މަސައްކަތްކުރި މީހުންގެ އިތުރުން ދަންނަ އެންމެނަށްވެސް ލިބުނު ބޮޑު ޝޮކެވެ. އެހާމެ ބޮޑު ހިތާމައެކެވެ.

ޝާހީންގެ މި ކުއްލި ވަކިވުމާއި ގުޅިގެން، އޭނާ ދަންނަ މީހަކު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ލިޔެފައިވާގޮތުން، ޝާހީން އަކީ ވަޒީފާއަށް ފަރުވާތެރި، ހީވާގި އަދި އެހާމެ އަޚުލާގު ރަނގަޅު ޒުވާނެކެވެ. 

ޝާހީންއަކީ ވަޒީފާއަށް ހޮވުނީ، އިންޓަވިއުގައި ދެއްކި ހިތްވަރާއި ސާބިތުކަމުގެ ސަބަބުންނެވެ. އެއީ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރި ނަމޫނާ މުވައްޒަފެކެވެ.  

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި ޝާހީންގެ ޞިއްޙީ އެއްވެސް މައްސަލައެއް ހުރިކަންވެސް ކުރިން އެނގިފައި ނުވާކަމަށް ޕޯސްޓް ލިޔުނު މީހާ ބުނެފައިވެއެވެ.

ނަމަވެސް، ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ދިޔަތާ މާގިނައިރެއް ނުވެ މެޔަށް ތަދުވާތީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ދިޔަ ކަމަށާ، ޝާހީން ކުއްލި ގޮތަކަށް ވެއްޓުނީ ހޮސްޕިޓަލުގެ ޓްރައޭޖް ކިއުގައި ހުއްޓައި ކަމަށް އެމީހާ ލިޔެފައިވެއެވެ. އަދި އޭގެ މާގިނަ އިރުތަކެއް ނުވެ އޭނާ ނިޔާވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޝާހީންގެ ވަކިވުމަކީ މަރަކީ ވަގުތާއި އުމުރަށް ބަލާ އެއްޗެއް ނޫންކަން ހަނދާންކޮށްދިން ހިތާމަވެރި ހާދިސާއެކެވެ. އޭނާ މިދުނިޔެ ދޫކޮށް ދިޔައިރު އެންމެ 4 މަހުގެ ތުއްތު އަންހެން ކުއްޖަކާއި އަންބަކު އެބަހުއްޓެވެ. އެއީ އާއިލާއާއި ގާތް ރައްޓެހިންނަށް ފޫނުބެއްދޭ ވަރުގެ ހިތާމައެކެވެ.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއިން އެންމެ ފަހުން ބޭއްވި 'ގާލަ ނައިޓް' ގައި ނެގި ގުރުއަތުން އުމްރާ ދަތުރެއްވެސް ލިބުނީ ޝާހީންއަށެވެ. އެ އުންމީދީ ދަތުރަށް ނުދެވި އުޅެނިކޮށް، ޝާހީންއަށް ކުރިމަތިވީ އާޚިރަތުގެ ދަތުރެވެ.

ޝާހީންގެ ވަކިވުމާ ގުޅިގެން އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެއީ ލޯބިވާ މުވައްޒަފެއް ކަމަށާ، އޭނާ ނިޔާވި ޚަބަރު އެހީ ވަރަށް ފުން ހިތާމައަކާއެކު ކަމަށެވެ. އަދި، މި ދަތި ވަގުތު އާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުވާ ކަމަށެވެ.

ޝާހީންގެ ޖަނާޒާ އޮތީ އިއްޔެގެ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.