ޱ
ދުނިޔެ
30 Apr 2026 | 08:29
ދަރިފުޅަށް ކެންސަރު ޖެހިފައިވާކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދި އޮސްޓްރޭލިޔާ އަންހެނަކު ޖަލަށްލައިފި

އޮސްޓްރޭލިއާގެ ސައުތު އޮސްޓްރޭލިއާއަށް ނިސްބަތްވާ 45 އަހަރުގެ އަންހެނަކު، އޭނާގެ ހަ އަހަރުގެ ދަރިފުޅަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި ހަތަރު އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ބުދަ ދުވަހު ހުކުމްކޮށްފިއެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އަންހެންމީހާ މި އަމަލު ހިންގާފައިވަނީ މުއްސަނދި އަދި އަރާމު ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައެވެ.

މި އަންހެންމީހާ ވަނީ އޭނާގެ ދަރިފުޅަކީ ކެންސަރު ބަލިމީހެއްކަން ދެއްކުމަށްޓަކައި، ކުއްޖާގެ ބޯ ބާލައި، ބުމަ ކޮށައި، ބޮލާއި އަތުގައި ބެންޑޭޖް އަޅުވާފައެވެ. އަދި އާއިލާ އާއި ރައްޓެހިންގެ ފަރާތުން އެތައް ހާސް ޑޮލަރެއްގެ އެހީ ހޯދުމަށްޓަކައި ކުއްޖާއަށް ބޭޭސްވެސް ދީފައިވެއެވެ.

ގާނޫނީ ސަބަބުތަކަށްޓަކައި ނަން ހާމަނުކުރާ މި އަންހެންމީހާ ވަނީ ކުއްޖާއަށް އަނިޔާލިބޭ ފަދަ އަމަލުތައް ކުރުމުގެ އެއް ދައުވާއާއި، މަކަރާއި ހީލަތް ހެދުމުގެ 10 ދައުވާއަކަށް ކޯޓުގައި އިއުތިރާފުވެފައެވެ.

ކޯޓުގެ ފަނޑިޔާރު މި އަންހެންމީހާގެ އަމަލުތައް ސިފަކުރެއްވީ "އަނިޔާވެރި"، "ރޭވުންތެރި" އަދި "މަކަރުވެރި" އަމަލުތަކެއްގެ ގޮތުގައެވެ. މި މަކަރުވެރި ރޭވުން ފެށުނީ ކުއްޖާއަށް ދިމާވި އެކްސިޑެންޓަކާ ގުޅިގެން ލޮލުގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކި ހިސާބުންނެވެ. އެއަށްފަހު، އޭނާގެ ފިރިމީހާ އާއި އާއިލާގެ އިތުރުން ސްކޫލް މުޖުތަމައަށް ކުއްޖާއަށް ލޮލުގެ ކެންސަރު ޖެހިފައިވާ ކަމަށް ބުނެ ދޮގު މައުލޫމާތު ދިނެވެ. އަދި ކުއްޖާއަށް ރޭޑިއޭޝަން ފަރުވާ ދެމުންދާކަން ދެއްކުމަށްޓަކައި، ފުރޮޅުލީ ގޮނޑި ބޭނުންކުރުވައި، ކުއްޖާގެ ހަރަކާތްތައް ވަނީ ހަނިކޮށްފައެވެ.

ޝަރީއަތުގައި ޕްރޮސެކިއުޝަނުން ބުނީ، މި އަންހެންމީހާ އަމިއްލަ އެދުމަށްޓަކައި ދަރިފުޅު ބޭނުންކުރީ މީހުންނަށް އޮޅުވާލުމަށް ގެންގުޅޭ "ޕްރޮޕެއް"ގެ ގޮތުގައި ކަމަށެވެ. އަދި ލިބުނު ފައިސާ ބޭނުންކުރީ މުއްސަނދިން އުޅޭ ފަދަ ޝާހީ ދިރިއުޅުމެއް އުޅުމަށް ކަމަށްވެސް ފާހަގަކުރިއެވެ. އަންހެންމީހާގެ ވަކީލު ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު އޭނާ ޖުވާކުޅުމަށް ދެވިހިފާފައިވާ ކަމަށާއި، މިއީ މާލީ ދަތިތަކުން ސަލާމަތްވުމަށް ކުރި ކަމެއް ކަމަށެވެ. އަދި އޭނާގެ ކިބައިގައި 'ބޯޑަލައިން ޕާސަނަލިޓީ ޑިސްއޯޑަރ' ހުރިކަންވެސް ވަކީލު ފާހަގަކުރިއެވެ.

މި މައްސަލާގައި އަންހެންމީހާގެ ފިރިމީހާ ދިން ބަޔާނުގައި ބުނީ، އޭނާގެ އަނބިމީހާ ވަނީ އޭނާ އާއި ދަރިންގެ ދިރިއުޅުން މުޅިން ހަލާކުކޮށްލާފައި ކަމަށެވެ.

ފިރިމީހާގެ މައްޗަށް ކުރިން ދައުވާ ކުރި ނަމަވެސް، ފަހުން ފުލުހުން ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފައެވެ.

މި އަންހެންމީހާގެ މައްޗަށް އިއްވާފައިވަނީ 4 އަހަރާއި 3 މަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، އަންނަ އަހަރުގެ އޭޕްރީލް މަހު ޕެރޯލްގެ ދަށުން މިނިވަންވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޭނާއަށް އޮންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.