ރޮނާލްޑޯ؛ ފޮޓޯ / ބޮލަވިޕް
ކުޅިވަރު
30 Apr 2026 | 09:41
ރޮނާލްޑޯ އާއި ކޯމަންގެ ލަނޑުތަކާއެކު އަލް ނަސްރުން އަލް އަހްލީ ބަލިކޮށްފި

ސައުދީ ޕްރޯ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ރޮނާލްޑޯ އާއި ކޯމަންގެ ލަނޑުތަކާއެކު އަލް އަހްލީގެ މައްޗަށް 0-2 ގެ ނަތީޖާއަކުން އަލް ނަސްރުން ކުރިހޯދައިފިއެވެ.

އަލްއައްވަލް ޕާކްގައި ކުޅުނު މި މެޗުން މޮޅުވުމާއެކު، ތާވަލުގެ އެއްވަނައިގައި އަލް ނަސްރުން އޮތް ލީޑު ވަނީ އިތުރަށް ފުޅާކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު، ދެވަނަ ހާފުގެ ކުރީކޮޅު އަލް އަހްލީގެ ރިޔާދު މަހްރޭޒް ޖެހި ލަނޑެއް އޮފްސައިޑްވުމުގެ ސަބަބުން ރެފްރީ ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 76 ވަނަ މިނެޓުގައެވެ. މި ލަނޑު އަލް ނަސްރަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ޖޯއާއޯ ފެލިކްސް ނަގައިދިން ކޯނަރަކުން ބޮލުން ޖަހައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައިވަނިކޮށް، 90 ވަނަ މިނެޓުގައި ފްރާންސްގެ ކިންގްސްލީ ކޯމަން ވަނީ އަލް ނަސްރުގެ ދެވަނަ ލަނޑު ޖަހައިދީ މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އައިމަން ޔަހްޔާއެވެ.

މި މޮޅާއެކު އަލް ނަސްރު ތާވަލުގެ އެއްވަނައިގައި އޮތީ 30 މެޗުން 79 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އަލް ހިލާލަށް 29 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ މެޗުން ބަލިވި އަލް އަހްލީ އޮތީ 28 މެޗުން 66 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.