ބެންގަލޫރުގައި ހިނގި ހާދިސާ؛ ފޮޓޯ / ޑައީޖީ ވޯލްޑް
ދުނިޔެ
30 Apr 2026 | 10:00
ބެންގަލޫރުގައި ބޯކޮށް ވާރޭވެހި ހޮސްޕިޓަލް ފާރެއް ވެއްޓި 7 މީހުން މަރުވެއްޖެ

ބެންގަލޫރުގެ ޝިވާޖީނަގަރުގައި ހުންނަ ބޯރިންގް އެންޑް ލޭޑީ ކަރްޒަން ހޮސްޕިޓަލުގެ ވަށާފާރުން ބައެއް ވެއްޓި، 7 މީހުން މަރުވެއްޖެއެވެ.

ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހިނގި މި ހާދިސާގައި މިހާތަނަށް ހަތް މީހަކު މަރުވެފައިވާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރައި ކޮޅިގަނޑެއް އައި ވަގުތެއްގައެވެ. މޫސުމާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އިރުއޮއްސި 5:30 އާ ހަމައަށް އެ ސިޓީއަށް 78.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ފާރު ވެއްޓުނު ވަގުތު، ވާރޭއިން ސަލާމަތްވުމަށްޓަކައި މަގުމަތީގައި އުޅުނު ގާޑިޔާ ވިޔަފާރިވެރިންނާއި ހިނގާފައި ދިޔަ ގިނަ ބަޔަކު އެ ފާރު ކައިރީގައި މަޑުކޮށްގެން ތިއްބެވެ.

ޝިވާޖީނަގަރުގެ އެމް.އެލް.އޭ ރިޒްވާން އަރުޝަދު ވިދާޅުވި ގޮތުގައި، މި ހާދިސާގައި ހަތް މީހަކު މަރުވުމުގެ އިތުރުން އިތުރު ހަތް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އަނިޔާވި މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކަރްނާޓަކާގެ ޗީފް މިނިސްޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 5 ލައްކަ ރުޕީސްގެ މާލީ އެހީއެއް ދިނުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

ހާދިސާ ހިނގި ސަރަހައްދަށް ޗީފް މިނިސްޓަރު ސިއްދަރަމައްޔާ ޒިޔާރަތްކުރައްވައި، ހާލަތު ބައްލަވައިލައްވާފައިވެއެވެ. އޭނާ ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރާނެ ކަމަށާއި، އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެ އިތުރުން ޑެޕިއުޓީ ޗީފް މިނިސްޓަރު ޑީ.ކޭ. ޝިވަކުމާރުވެސް ވަނީ ހާދިސާ ހިނގި ތަނަށް ވަޑައިގެން، ލިބިފައިވާ ގެއްލުންތައް ބައްލަވައިލައްވާފައެވެ.

މި ހާދިސާއާ ގުޅިގެން އިދިކޮޅު ލީޑަރު އާރް. އަޝޯކާ ސަރުކާރަށް ފާޑުވިދާޅުވެފައިވެއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މިއީ އިދާރީ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށާއި، މިއީ ހުއްޓުވިދާނެ ހާދިސާއެއް ކަމަށެވެ. ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ފާރުގެ ހާލަތު ހުރި ގޮތާއި، އެ ފާރު ވެއްޓެން މެދުވެރިވި ސީދާ ސަބަބު ހޯދުމަށް ފުޅާ ދާއިރާއެއްގައި ތަހުގީގެއް ކުރިއަށް ގެންދަމުންނެވެ.

ބެންގަލޫރަށް ކުރަމުންދާ ވިއްސާރާގައި އެ ރަށުގެ އެކި ސަރަހައްދުތައް ދަނީ ފެންބޮޑުވަމުންނެވެ. ބެންގަލޫރަކީ ގިނަ ދިވެހިންވެސް ބޭސްފަރުވާށާއި އެހެނިހެން ކަންތައްތަކަށް ޒިޔާރަތްކުރާ ތަނެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.