އިންޑިއަން ރުޕީސް؛ ފޮޓޯ / ކޮންޓިނެންޓަލް ކަރަންސީ އެކްސްޗޭންޖް
ދުނިޔެ
30 Apr 2026 | 10:24
އިންޑިއާ ރުޕީސްގެ އަގު ރިކޯޑް އަދަދަކަށް އަނެއްކާވެސް ވެއްޓިއްޖެ

އެމެރިކާ ޑޮލަރާ އަޅާބަލާއިރު އިންޑިއާ ރުޕީސްގެ އަގު މިއަދު ވަނީ ތާރީޚީ ގޮތުން ދުވަހަކުވެސް ނުވެއްޓޭހާ ދަށަށް އަނެއްކާވެސް ގޮސްފައެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ޑޮލަރެއްގެ އަގު 95.31 ރުޕީސްއަށް މިއަދު ވަނީ އަރާފައެވެ. މިއީ މިހާތަނަށް އިންޑިއާގެ ފައިސާގެ އަގު މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. 

މާހިރުން ފާހަގަކުރާ ގޮތުގައި ރުޕީސްގެ އަގު ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާގެ އިގްތިސާދު ވަރުގަދަވުމުގެ ސަބަބުން ޑޮލަރުގެ އަގު މައްޗަށް ދިއުމެވެ. މިގޮތުން ބްރެންޓް ކްރޫޑް ތެލުގެ ފީފާއެއްގެ އަގު މިހާރު ހުރީ 123 އެމެރިކާ ޑޮލަރަށެވެ.

ރުޕީސްގެ އަގު ދަށަށް ދިއުމާ ގުޅިގެން އިންޑިއާއަށް އިމްޕޯޓްކުރާ މުދަލުގެ އަގު ބޮޑުވެ، އެ ގައުމުގެ ވިޔަފާރީގެ ޑެފިސިޓް އިތުރުވާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ތެޔޮ އިމްޕޯޓް ކުރުމަށް އިންޑިއާއިން ކުރަންޖެހޭ ހޭދަ ބޮޑުވުމަކީ އިގްތިސާދަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެވެއެވެ.

މި ބަދަލާއެކު، އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރު.ބީ.އައި) އިން ފައިސާގެ އަގު ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް މާކެޓް އެނަލިސްޓުން ލަފާކުރެއެވެ. މީގެ ކުރިންވެސް ރުޕީސްގެ އަގު މާ ބޮޑަށް ދަށަށްދާ ދަނޑިވަޅުތަކުގައި އާރު.ބީ.އައި އިން ވަނީ ބާޒާރަށް ޑޮލަރު ވިއްކައިގެން އަގު ހިފެހެއްޓުމަށް މަސައްކަތް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.