ދީން
01 May 2026 | 13:00
މުސީބާތްތައް ޖައްސަވަނީ އިމްތިޙާން ކުރައްވަން؛ އެއަށް ކެތްތެރިނުވެ ނަފްސަށް ގެއްލުން ދިނުން ހުއްދައެއް ނުވާނެ: ޚުތުބާ

މާތް الله މުސީބާތްތައް ޖައްސަވަނީ އިމްތިހާނު ކުރައްވަން ކަމަށާ އެކަމަށް ކެތްތެރިނުވެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "ނަފުސާއި އަބުރަށް ރައްކާތެރިވާށެވެ!" މި މައުޟޫޢަށެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި މި ޚުތުބާގައި، އިންސާނާގެ ނަފުސާއި އަބުރަށް ލިބިގެންވާ މަތިވެރި ދަރަޖައާއި، ހަނގާކުރުމާއި އަމިއްލައަށް މަރުވުން ފަދަ ނުރައްކާތެރި ކަންކަމުން މުޖުތަމަޢު ސަލާމަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މާތް الله ވަނީ އިންސާނާ މާތްކުރައްވައި، އެކަލާނގެ އުފެއްދެވި ގިނަ ތަކެތީގެ މައްޗަށް އިންސާނާ މަތިވެރިކުރައްވާފައެވެ. އެހެންކަމުން، الله ޙުރުމަތްތެރިކުރައްވާފައިވާ ނަފުސެއް ޙައްޤަކާ ނުލައި މެރުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި ދިރިއުޅުމުގައި ދިމާވާ މުޞީބާތްތަކަކީ އިމްތިޙާނެއް ކަމަށާއި، އެފަދަ ވަގުތުތަކުގައި ކެތްތެރިވާ މީހުންނަށް އޮތީ ސުވަރުގެ ކަމަށް الله ވަޢުދުވެވޮޑިގެންފައިވާކަން ފާހަގަކުރިއެވެ.

الله މުޞީބާތްތައް ޖައްސަވަނީ އިންސާނާ އިމްތިޙާނުކުރެއްވުމަށް ޓަކައެވެ. އެ އިމްތިޙާނުން ފާސްވާނީ ކެތްތެރީންނެވެ. މުޞީބާތް ޖެހުމުން ކެތްތެރިނުވެ، އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ އެއްވެސް ސަބަބެއް ނުވެއެވެ. ކެތްތެރިވާށެވެ! ކެތްތެރީންނަށް މާތް الله ވަޢުދުވެވޮޑިގެންފައިވަނީ ސުވަރުގެއެވެ. 

ހުކުރު ޚުތުބާ

މާތް الله ވަޙީކުރައްވައިފައި ވެއެވެ.‏ "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނުކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!"

ނަފުސަކީ އަމާނާތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އަމިއްލަ ނަފުސަށް ގެއްލުންދިނުމާއި އަމިއްލައަށް މަރުވުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށެވެ. އަދި އެފަދަ ޢަމަލެއް ކުރާ މީހާއަށް އާޚިރަތުގައި ގަދަފަދަ ޢަޛާބު ހުރިކަން ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން ސާބިތުވާކަން ބަޔާންކުރިއެވެ. އަމިއްލައަށް މަރުވާ މީހުންގެ މައްޗަށް ޢާންމު މުސްލިމުން ކަށުނަމާދު ކުރަންޖެހުނު ކަމުގައިވިޔަސް، މުޖުތަމަޢުގެ އިސްވެރިން އެކަމުގައި ބައިވެރިނުވުމަކީ އެ ނުބައި ޢަމަލާމެދު ނުރުހުން ފާޅުކުރުމުގެ ގޮތުން ކުރެވިދާނެ ކަމެއް ކަމަށް ޢިލްމުވެރިންގެ ބަސްފުޅުތަކާ ޙަވާލާދީ ޚުތުބާގައި ބަޔާންކުރިއެވެ.

ޚުތުބާގެ ދެން އަލިއަޅުވާލާފައިވަނީ މިއަދުގެ މުޖުތަމަޢުގައި ފެތުރެމުންދާ ހަނގާކުރުމާއި ފުރައްސާރަކުރުމުގެ ވަބާއަށެވެ. އިސްލާމްދީނުގައި މީހުންގެ އަބުރަކީ ފުރާނަ ފަދައިން ޙުރުމަތްތެރި އެއްޗެއްކަން ފާހަގަކޮށް، މީސްތަކުންނަށް މަލާމާތްކުރުމާއި ނުރުހޭ ލަޤަބުތަކުން ގޮވުން الله ޙަރާމްކުރައްވާފައިވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި ދުލުން މީހުންނަށް އުނދަގޫކުރާ މީހަކީ ކިތަންމެ ގިނަ އަޅުކަމެއް ކުރިކަމުގައިވިޔަސް ނަރަކަވަންތަވެރިއަކަށް ވެދާނެކަމުގެ އިންޒާރު ދެއްވިއެވެ.

މާތް الله ވަޙީކުރައްވައިފައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށް ވުރެ، ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުން އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށް ވުރެ، އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ:އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ.) އަދި އެއްބަޔަކު، އަނެއް ބަޔަކު ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވާށެވެ!"

ޒުވާނުންނާއި ކުޑަކުދިންނަށް ނަޞޭޙަތްތެރިވަމުން ޚުތުބާގައި ބުނީ، ސައިބާކްރައިމް ފަދަ ކަންކަމަށް ހޭލުންތެރިވެ، ޒާތީ މަޢުލޫމާތު ނުދަންނަ މީހުންނަށް ހިއްސާނުކުރުމަށެވެ. އަދި ހަނގާކުރުމުގެ ޝިކާރައަކަށްވާ ހިނދު، ހިމޭނުން ނުތިބެ އެކަން ބެލެނިވެރިންނާއި މުދައްރިސުންނަށް އެންގުމަށް ގޮވާލިއެވެ.

ނިންމާލަމުން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ގަނާކުރުމާއި، ސައިބާކްރައިމް އަދި އިންސާނީ ވަގުފާރި ހުއްޓުވުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، ބެލެނިވެރިންނާއި މުދައްރިސުން ދަރިވަރުންގެ ކަންކަން ގާތުން ބަލައި، އެކުދިންނަށް ބޭނުންވާ އިރުޝާދާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.