ރޭގެ މެޗްގައި އާސެނަލަށް ލަނޑުތައް ކާމިޔާބުކޮށްދިން ދެ ކުޅުންތެރިން.. ފޮޓޯ: ޕްރިމިއާ ލީގް
ކުޅިވަރު
03 May 2026 | 05:38
އާސެނަލުން ހަ ޕޮއިންޓްގެ ލީޑަކާއެކު ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ފްލަމް ބަލިކޮށް ތާވަލްގެ އެއްވަނާގައި އާސެނަލް އަނެއްކާވެސް ހަމަޖެހިލައިފިއެވެ.

ލީގްގައި ފްލަމް އާ ދެކޮޅަށް ކުޅުނު މިމެޗް އާސެނަލުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމަށް ފޯލް ހުޅުވާލަދިނީ، ނުވަވަނަ މިނެޓް ތެރޭގައި ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިކްޓަ ޔޯކެރޭޝް އެވެ. މެޗްގެ 29 ވަނަ މިނެތް ތެރޭގައި އާސެނަލްގެ ރިކާޑޯ ކަލަފިއޯރީ ލަނޑެއް ޖެހިނަމަވެސް، ވީއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޯފްސައިޑް ގޯލެއްގެ ގޮތުގައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން 40 ވަނަ މިނެޓް ތެރޭގައި ޔޯކެރޭޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކެޕްޓަން ސަކާ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 2-0 ކަށް ބަދަލުކޮށްފައެވެ. އަދި މި ހާފުގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި ޔޯކެރޭޝް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކޮށްދީފައެވެ.

މެޗަށްފަހު އާސެނަލްގެ ކުޅުންތެރިން ސަޕޯޓަރުންނާ ސަލާންކުރަނީ.. ފޮޓޯ: އާސެނަލް

ރޭގެ މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ އާސެނަލްއަކީ ކިހާ ފެންވަރެއްގެ ޓީމެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. މިފަހަރުގެ ލީގު ޗެމްޕިއަންކަން ކަނޑައެޅިގެންދާއިރު، ލަނޑުގެ ތަފާތަށް ނުވަތަ ޖަހާފައިވާ ލަނޑުގެ އަދަދަށް ބަލަންޖެހުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރަމުން އަޓޭޓާ ބުނީ، ތިން ލަނޑުގެ ތަފާތަކުން މޮޅުވުމަކީ މިވަގުތަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއްކަމަަށެވެ.

އާސެނަލްގެ ކޯޗް  މިކެލް އަޓޭޓާ.. ފޮޓޯ: އާސެނަލް

އާސެނަލުން ފްލަމް ބަލިކޮށް ތާވަލްގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނެގިއިރު، އެޓީމް ތާވަލްގެ އެއްވަނާގައި އޮތީ މެންޗެސްޓަރ ސިޓީއަށްވުރެ ދެމެޗް އިތުރަށް ކުޅެގެންނެވެ. ލީގުގައި އާސެނަލް އަށް ބާކީ ތިން މެޗު އޮތް އިރު، ދެ މެޗު މަދުން ކުޅެފައިވާ ސިޓީ އަށް ބާކީ ފަސް މެޗު އެބައޮތެވެ. 

ޕޮއިންޓް ތާވަލް

މީގެ ދެ ހަފުތާ ކުރިން ބޯންމައުތާއި ސިޓީ އަތުން ބަލިވެ، 209 ދުވަހަށް ފަހު ފުރަތަމަ ފަހަރަށް އާސެނަލް އެއްވަނައިން ވެއްޓުނެވެ. ނަމަވެސް އޭގެ ފަހުން ނިއުކާސަލް އާއި ފުލަމް ބަލިކޮށް، ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އެޓްލެޓިކޯ މެޑްރިޑާ އެއްވަރުކޮށް، އާސެނަލް ވަނީ ވަރުގަދަ ނަތީޖާތަކެއް ހޯދައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ