ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026 ގެ ތެރެއިން ބިޒްނަސް ސްކޫލާއި އެމްއައިޓީން ވާދަކުރި މެޗު؛ ފޮޓޯ / އެމްއެންޔޫއެސްޔޫ
ކުޅިވަރު
03 May 2026 | 09:02
ރޭ ކުޅުނު މެޗްތަކުން އަހްމަދިއްޔާ އާއި އެމްބީއެސް އަށް ފަސޭހަ މޮޅެއް

ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026 ގައި ރޭ ކުޅުނު މެޗުތަކުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އާއި މޯލްޑިވްސް ބިޒްނަސް ސްކޫލް ކުރި ހޯދައިފިއެވެ.

އަހްމަދިއްޔާއިން މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ އާއި ދެމެދު ކުޅުނު މެޗު އަހުމަދިއްޔާ ކާމިޔާބު ކުރީ 1-8 ގެ ނަތީޖާ އަކުންނެވެ. އަދި މޯލްޑިވްސް ބިޒްނަސް ސްކޫލުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ދެކޮޅަށް ކުޅުނު މެޗު އެމްބީއެސް ކާމިޔާބުކުރީ، 2-15 ގެ ނަތީޖާ އަކުންނެވެ.

އަހްމަދިއްޔާ އާއި އިސްލާމިކް ޔުނިވަރސިޓީން ބައްދަލުކުރި މެޗުގައި އަހްމަދިއްޔާ އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، އިބްރާހިމް އަވުސަމް އަބްދުﷲ، މުހައްމަދު ނައުހާން ޒާހިރު، ބިލާލް ބިން އަހުމަދު އަދި މުހައްމަދު ޒޯރޯން އަޔާޒް އެވެ. އޭގެ ތެރެއިން 4 ލަނޑު އަވުސަމް ޖެހިއިރު، ނައުހާން ވަނީ 2 ލަނޑު ޖަހާފައެވެ. އަދި ބިލާލް އާއި ޒޯރޯން ވަނީ 1 ލަނޑު ޖަހާފައެވެ.

އިސްލާމިކް ޔުނިވަރސިޓީން ޖެހި 1 ލަނޑު ކާމިޔާބުކޮށްދީފައިވަނީ، އިބްރާހިމް އީމަން އެވެ. އަދި މި 2 ޓީމުން ބައްދަލުކުރި މެޗުން "ޕްލެޔަރ އޮފް ދަ މެޗު" ލިބިފައިވަނީ، އަހްމަދިއްޔާ ސްކޫލްގެ އަވުސަމް އަށެވެ.

ބިޒްނަސް ސްކޫލުން އެމްއައިޓީ އާއި ދެކޮޅަށް ކުޅުނު މެޗުން ބިޒްނަސް ސްކޫލަށް ލަނޑު ޖަހައިދީފައިވަނީ، އިބްރާހިމް ހަމީދު، މުހައްމަދު އަޖުވަދު ސޮލާހް، މުހައްމަދު ތާހިރު، ކައިސަން ބިން ހަސަން، ޒައިޝަން އަޝްރަފު، ތޮއައިފް އަހުމަދު ފިރާގު، މުހައްމަދު އަލީ، ހުސައިން އަފީފް އަދި އަހުމަދު ރިޝްފާން އެވެ. އޭގެ ތެރެއިން 5 ލަނޑު ހަމީދު ޖަހާފާވާއިރު، އަޖުވަދު އަދި ތާހިރު ވަނީ 2 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ކައިސަން، ޒައިޝަން، ތޮއައިފް، މުހައްމަދު އަލީ، ހުސައިން އަފީފް، އަދި ރިޝްފާން ވަނީ 1 ލަނޑު ޖަހާފައެވެ.

ބިޒްނަސް ސްކޫލާއި އެމްއައިޓީން ވާދަކުރި މެޗަކީ ރޭ ކުޅުނު މެޗުތަކުން އެންމެ ފޯރިގަދަ އެއް މެޗެވެ. އެގޮތުން، އެމްއައިޓީން ޖެހި 2 ލަނޑު ކާމިޔާބުކޮށްދީފައިވަނީ، އަބްދުﷲ ނާސިފް އެވެ. އަދި މި މެޗުން "ޕްލެޔަރ އޮފް ދަ މެޗު" ހޯދީ އިބްރާހިމް ހަމީދު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ