ހައްޖު މިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން... ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
04 May 2026 | 19:01
ރާއްޖޭގެ ހައްޖު މިޝަނުގެ ބޭފުޅުން މައްކާއަށް ފުރައިފި

މިފަހަރު ރާއްޖޭގެ ހައްޖު މިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މައްކާއަށް ދިއުމަށް ސައުދީއަށް ފުރައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖު މިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މައްކާއަށް ދިއުމަށް ފުރާފައިވާ ކަމަށައި، ހައްޖު މިޝަނުގައި 10 ބޭފުޅުން ހިމެނިވަޑައިގަންނަވާކަމަަށެވެ. މައްކާއަށް ދިއުމަށްފަހު ހައްޖު މިޝަނުގެ ޒިންމާއަކަށްވާނީ ރާއްޖެއިން މިފަހަރު ހައްޖަށްދާ މީހުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް ހައްމަޖައްސާފައިވޭތޯ ބަލައި ޔަގީންކުރުމެވެ. 

އެގޮތުން ހައްޖުވެރިންގެ ދަތުރުފަތުރުގެ ކަންކަމާއި ކެއިން ބުއިމާއި، މަޝާޢިރުތަކާއި އަދި ސިއްހީކަންކަން މީގެ ތެރޭގައި ހިމެނެއެވެ. 

މިފަހަރުގެ ހައްޖު މޫސުމުގައި އިސްލާމިކް މިނިސްޓްރީން މައްކާގައި ޤާއިމު ކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސް އެވެ. ހައްޖު ވެރިންގެ އިސް ޝެއިޚަކަށް ވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިން އެވެ.

ހައްޖު މިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މައްކާއަށް ފުރިއިރު ހައްޖު ކޯޕަރޭޝަނުންވެސް ވަނީ އެޑްވާންސްޓީމް މައްކާއަށް ފުރުވާލާފައެވެ. މިކަމާ ގުޅޭގޮތުން ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ، އެޑްވާންސްޓީމްގެ މަސައްކަތަކަށް ވާނީ މިމަހުގެ 15 ވަނަ ދުވަހު ފުރާ ހައްޖުވެރިންގެ ފުރަތަމަ ގްރޫއްޕު ސަޢުދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާއިރު، ރާއްޖެއިން ފުރިހަމަކުރަންޖެހޭ ކަންތައްތައް ޔަގީންކުރުން ކަމަށެވެ. 

ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ހައްޖަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ މައިގަނޑު ހުރިހާ ކަމެއްހެންކޮށް ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.