ބިޒްނަސް ފޯރަމްގައި މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ...
ހަބަރު
05 May 2026 | 15:40
ރާއްޖޭގެ އިގްތިސާދީ ސިނާއަތުގައި ސްރީލަންކާގެ ދައުރު ވަރަށްބޮޑު: ސައީދު

ދިވެހިރާއްޖޭގެ އިގްތިސާދީ ސިނާއަތުގައި ސްރީލަންކާގެ ދައުރު ވަރަށް ބޮޑުކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި މިއަދު ފެށި މޯލްޑިވްސް ބިޒްނަސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިގްތިސާދީ ވަޒީރު ސައީދު ވިދާޅުވީ، ރާއްޖެއާ އަވައްޓެރި ލަންކާ އާ ދެމެދު އޮތް ގުޅުމުގެ ވާހަކަ ދައްކާއިރު، ރާއްޖޭގެ އިގްތިސާދުގައި އެޤައުމުގެ ބައިވެރިވުން ނުހަނު ބޮޑުކަމަށެވެ. އެގޮތުން ރާއްޖޭގެ މާލީ ދާއިރާއާއި، ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، އުފެއްދުންތެރިކަމުގެ ދާއިރާގައި ލަންކާގެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑުކަން ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެއާ ސްރީލަންކާ އާ ދެމެދު ގާއިމްވެފައި އޮތީ ހަމައެކަނި ވިޔަފާރީގެ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް އެކަނި ނޫންކަމަށެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި ގާތްކަމުގެ ނިޝާނެއްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، މުސްތަޤްބަލުގައި މި ގުޅުން މިއަށްވުރެ ބޮޑަށް ފުޅާކުރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.

ސްރީލަންކާގެ ވިޔަފާރިވެރިންނާ މުހާތަބުކުރައްވައި އިގްތިސާދީ ވަޒީރު ސައީދު ވިދާޅުވީ، ރާއްޖެއާއި ލަންކާ އާ ދެމެދު އިގްތިސާދީގޮތުން އެކި ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެގޮތުން ރާއްޖެއާއި ލަންކާއާ ގުޅިގެން މަސްވެރިކަމާއި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުން ބައިނަލްއަޤްވާމީ ބާޒާރުގައި ކުރިއެރުން ހޯދިދާނެކަމަށް ވަޒީރުގެ ވާހަކާގައި ފާހަގަކުރެއްވިއެވެ. 

އިއާދަކުރަނިވި ހަކަތައާއި "ބްލޫ އިކޮނޮމީ" ފަދަ ދާއިރާތަކުން ދެ ޤައުމު ގުޅިގެން ދުނިޔެއަށް ނަމޫނާ ދެއްކިދާނެ

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު

މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީ އާއި ތިމާވެށީގެ ރޮނގުންވެސް ދެ ޤައުމު ގުޅިގެން ކުރިއަށްދެވިދާނެކަން ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ފޯރަމަކީ ހަމައެކަނި ވާހަކަދައްކާލުމަށް ލިބޭ ފުރުސަތެއް ނޫންކަމަށާއި މިއީ ޢަމަލީ މަސައްކަތްތަކެއް ފެށުމަށް ލިބޭ ފުރުޞަތެއްކަމަށެވެ. އަދުގެ ސަރުކާރުގެ އަމާޒަކީ އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދީ، ރާއްޖެއަކީ ވިޔަފާރިއަށް ހުޅުވާލެވިފައިވާ ޤައުމެއްކަން ހާމަކޮށްދިނުންކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.