މީކާއީލް -
ހަބަރު
06 May 2026 | 10:27
ރާވާލާނަން، ރާވާލާނަން؛ 2028 އަށް އެމްޑީޕީ ރާވާލަން ނުކުމެ މިހުރީ: މީކާއީލް

ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނުކުމެ ހުންނެވީ 2028 ވަނަ އަހަރަށް އެމްޑީޕީ ރާވާލައްވަން ކަމަށް އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެެވެ. 

ރޭ އޮތް ”އިތުބާރު“ ކެމްޕެއިން ޖަލްސާގައި މީކާޢީލް ވިދާޅުވީ، އޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ނުކުމެ ހުންނެވީ، ”އެމްޑީޕީގެ ޗެއާޕާސަންކަން“ ކުރައްވަން ކަމަށެވެ. 

އަޅުގަނޑު ނުކުމެ މިހުރީކީއެއް، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިޚާބަކީ އަޅުގަނޑު ބޭނުންވާ އިތުރު އެހެން މަގާމެއް ހޯދަން އޮތް މަރުހަލާއެއްގެ ގޮތުގައި މި އިންތިޚާބެއް ދެކިގެނެއްނޫން. އަޅުގަނޑެއް ނުދެކެން މި އިންތިޚާބަކީ ހަމައެކަނި މަގާމެއް ހޯދަން އޮތް އިންތިޚާބަކަށް. އަދި އަޅުގަނޑު އިންތިޚާބު ކާމިޔާބު ކުރަން ބޭނުމީ 16 އަހަރު ވަންދެން އަޅުގަނޑު އެބަޔަކާ އެކު އުޅުނު އާއްމު މެމްބަރުންގެ ވޯޓަކުން. އަޅުގަނޑު ގައުމީ މަޖިލީހުގެ ވޯޓަކުން އައްޔަން ކުރާ ވަގުތީ ޗެއާޕާސަން ކަމެއް ބޭނުމެއް ނޫން. 

މީކާއީލް

މީކާއިލް އިތުރަށް ވިދާޅުވީ، ޕާޓީ ތެރެއިން މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރެވެން އޮއްވައި، އިންތިޚާބާ ގުޅޭ ކަންކަމާއިގެން ކޯޓަށްދާ މީހެއް ކަމުގައި އޭނާ ނުވާނެ ކަމަށެވެ. 

އަދި އޭނާ  އެ އިންތިޚާބު ކާމިޔާބު ކުރައްވާނީ އެމްޑީޕީގެ އާއްމު މެންބަރުންގެ ވޯޓާއެކު “ބޮޑުކޮށް، ބޮޑުކޮށް“ ކަމަށްވެސް ވިދާޅުވިއެވެ. 

މީކާއިލް އިތުރަށް ވިދާޅުވީ، އޭނާ ޗެއާޕާސަން ކަމަށް ވަޑައިގަންނަވަން ބޭނުންވަނީ ތެދުހައްދަވަން ކަމަށާ، ދެރަވެ، ނާކާމިޔާބުވާ ކޮންމެ ފަހަރަކު އާއްމު މެންބަރުންގެ ޖަޒުބާތާއި ކުޅެ ދޮގުހަދާ މީހެއް ކަމުގައި އޭނާ ނުވާނެ ކަމަށެެވެ. 

އަޅުގަނޑެއް ނުވާނަން، އެއްދުވަހު އެމްޑީޕީގެ 39000 މެންބަރުން ކަނޑާލީ ފައްޔާޒު އޭ ބުނުމަށްފަހު އަނެއް ދުވަހު ފައްޔާޒު އިސްމާޢީލް ވެރިކަމަށް ގެންނަން ބުނާނެ މީހަކަށް. 

މީކާއީލް

މީކާޢީލް އިތުރަށް ވިދާޅުވީ، އެމްޑީޕީ ”ރޫޅާލުމަށް ފަހު ރޭވި އިރު ބައެއް ލީކުތައް“ ހުރި ކަމަށާ އޭނާ ނުކުންނަވައި ހުންނެވީ އެ ލީކުތައް ނައްތާލައްވަން ކަމަށެވެ. 

”އަޅުގަނޑު މި އިންތިޚާބަށް ނުކުމެ މި ހުންނެވީ މި ޕާޓީ ރާވާލަދޭން. ރާވާލާނަން. ރާވާލާނަން. ބޮޑުކޮށް ބޮޑުކޮށް ރާވާލާނަން. 2028 އަށް މި ޕާޓީ ރާވާލަދޭނަން.“ މީކާއީލް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.