ބީއެމްއެލް
ވިޔަފާރި
06 May 2026 | 13:57
ފިޔަވަޅުތައް އެޅީ ޟަރޫރީ ބޭނުންތަކަށް ބޭރު ފައިސާ ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދާދި ފަހުން އިޢުލާނުކުރި ފޮރިން ކަރެންސީއާ ގުޅޭ ފިޔަވަޅުތަކަކީ ޒާތީ ބޭނުންތަކަށާއި ޢާންމު ޟަރޫރީ ބޭނުންތަކަށް ބޭރު ފައިސާ ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅުތަކެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާޑުތަކުގެ ބޭރު ފައިސާ ޚަރަދުކުރެވޭ ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް، އިންޓަނޭޝަނަލް ކާޑް ޓްރާންސެކްޝަންތައް ހެދޭނީ ކާޑް ހޯލްޑަރު ރާއްޖެއިން ބޭރުގައި ހުންނައިރު އެކަނި ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ބައެއް އޮންލައިން ޝޮޕިން ޕްލެޓްފޯމްތައް ވިޔަފާރި ބޭނުންތަކަށް ބޭނުންކޮށް، މަދު ބަޔަކަށް ގިނަ ޢަދަދެއްގެ ޑޮލަރު ވިއްކެމުންދިޔަ މައްސަލައަށް ޙައްލެއްގެ ގޮތުން، ޑެއިލީ އެލޮކޭޝަން ބަޖެޓެއް ތަޢާރަފްކޮށް ގިނަ ބަޔަކަށް ޙައްޤު ޒާތީ ބޭނުންތަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އެހެނިހެން ވިޔަފާރިތަކުން ބޭރަށް ފައިސާ ފޮނުވުމަށް ޔޫއެސް ޑޮލަރު ގަތުމުގެ ޕްރޮސެސް ހަރުދަނާކޮށް، ފުޅާ ދާއިރާއެއްގެ ވިޔަފާރިތަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

އަދި ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ޓްރާންސެކްޝަންތައް ބައިބައިކޮށްގެން ގިނަ ޢަދަދެއްގެ ޑޮލަރު ހޯދަން ކުރާ މަސައްކަތް ދެނެގަނެވޭނެ ކަމަށާއި، ހުރިހާ ވިއްކުމެއް ވެސް ހުންނާނީ ކަނޑައެޅިފައިވާ ލިމިޓްގެ ތެރޭގައި ކަމަށް ވެސް އެ ބޭންކުން ހާމަކުރިއެވެ.

ދަރިވަރުންނަށް މަހަކު 1،200 ޑޮލަރުގެ މަތީ ލިމިޓެއް ލިބެމުންދާނެ ކަމަށާއި، މިހާރު މައިންބަފައިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ތިން މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި، އެ މުއްދަތުގައި ދަރިވަރުންނަށް ޚާއްޞަ މަތީ ލިމިޓް ހިމެނޭ ކާޑު ދޫކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މީގެ އިތުރުން ޔޫއެސް ޑޮލަރު ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ޒާތީ އަދި ވިޔަފާރި ބޭނުންތަކަށް ބޭނުންކުރުމުގައި އެއްވެސް ހިފެހެއްޓުމެއް ނެތް ކަމަށާއި، ޑެބިޓް ކާޑުގެ ޕީއޯއެސް ފޮރިން ސްޕެންޑް ލިމިޓް މަހަކު 1،000 ޑޮލަރަށް ބަދަލެއް ނައިސް ދެމި އޮންނާނެ ކަމަށާއި، ދަތުރުފަތުރާއި ބޭސްފަރުވާއަށް މަހަކު 3،000 ޑޮލަރާ ހަމައަށް ބޭނުންކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ކޮމެންޓް
މޫސާރަޝީދު
ވަރަށް ރަނގަޅު
06 May 2026
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.