ބްރައުނީ
ލައިފްސްޓައިލް
08 May 2026 | 10:04
މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭނެ ބްރައުނީއެއްގެ ރެސިޕީ އެވެ. 

ބޭނުންވާ ތަކެތި

1 1/3 ޖޯޑު ހަކުރު

2/3 ޖޯޑު މެލްޓެޑް ބަޓާ

2 ބިސް

2/3 ޖޯޑު ފުށް

1/2 ޖޯޑު ކޮކޯ ޕައުޑާ

1/2 ސައިސަމުސާ ބޭކިންޕައުޑާ

3/4 ސައިސަމުސާ ލޮނު

150ގ ޗޮޕް ކޮށްފައި ހުރި ޗޮކޮލެޓް ( ބޭނުން ނަމަ) 

ތައްޔާރުކުރާނެ ގޮތް

1) އެންމެ ފުރަތަމަ މިކްސަރުން ހަކުރުކޮޅު ހިމުންވަންދެން ރަނގަޅަށް މުގުރާލާށެވެ. 

2) ދެން ހަކުރާއި މެލްޓެޑް ބަޓާ ތައްޓަކަށް އަޅައި, އަތުން ވިސްކް ކުރާ އެއްޗެއް ބޭނުން ކޮށްގެން، އެއްކޮށް ސްމޫތް ވަންދެން ވިސްކް ކޮށްލާށެވެ. 

3) އެއަށްފަހު ބިސް އެޅުމަށްފަހުގައިވެސް ރަނގަޅަށް އެކުވެ ސްމޫތް ވަންދެން ވިސްކް ކޮށްލާށެވެ.

4) ދެން ފުށާއި، ކޮކޯ ޕައުޑަރު އަދި ލޮނު އޭގެ ތެރެއަށް އަޅާލުމަށްފަހު، ވަރަށް މަޑުމަޑުން، ރަބަރު ސްޕެޓޫލާ އަކުން އެކުލަވާލާށެވެ. މާ ބާރަށް ވިސްކު ނުކުރާށެވެ. 

5) އެކުވުމުން ޗޮކުލެޓް އަޅާލުމަށްފަހުވެސް އެކުލަވާލާށެވެ. 

6) ޓްރޭއެއް މައްޗާއެކު ޕާޝްމަންޓް ޕޭޕާ އަޅާލުމަށްފަހު، މަތީގައި ކުޑަ މެލްޓެޑް ބަޓާ ކޮޅެއް ބްރަޝްކޮށްލާށެވެ.

7) ދެން ބްރައުނީ މިކްސް ޓްރޭއަށް އަޅާލާށެވެ. އަދި މައްޗަށްވެސް ޗޮޕް ކޮށްފައި ހުރި ޗޮކޮލެޓް އަޅާލާށެވެ. 

8) 175 ޑިގްރީސެލްސިއަސް ގައި 10 މިނެޓްވަންދެން އަވަން ޕްރީ ހީޓް ކޮށްލާށެވެ. އެއަށްފަހު ބްރައުނީ އަވަނަށް ލައި، 20-25 މިނެޓްވަންދެން ފިހެލާށެވެ. 

9) ފިހެވުމުން އަވަނުން ނަގާފައި، 20 ވަރަކަށް މިނެޓް ހިހޫ ކުރަން ބަހައްޓާށެވެ. ހިހޫ ވުމުން ސްލައިސް ކޮށްލައިގެން ވެނީލާ އައިސް ކްރީމްއާ އެކު ކާލަން ވަރަށް މީރުވާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ