ފުޓްސަލް ޓީމް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ތަށި އުފުލާލުން.. ފޮޓޯ: ސާފް
08 May 2026 | 22:25
ފީފާ ފުޓްސަލް ރޭންކިން: 10 ދަރަޖައިގެ ކުރިއެރުމަކާއެކު ދެކުނު އޭޝިއާގެ އެއްވަނާގައި ރާއްޖެ

ފީފާ އިން އާންމުކުރި ދުނިޔޭގެ ފުޓްސަލް ރޭންކިންގައި ދެކުނު އޭޝިއާގެ އެއްވަނަ ގައުމުގެ ގޮތުގައި ރާއްޖެ އޮތްއޮތުން އިތުރު ބާރަކާއެކު ދަމަހައްޓައިފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މިއަދު ވަނީ ދުނިޔޭގެ ފުޓްސަލް ރޭންކިން އާންމުކޮށްފަ އެވެ. މި ފަހަރުގެ ރޭކިންގައި ވެސް ދެކުނު އޭޝިއާގެ އެއްވަނަ ގައުމުގެ ގޮތުގައި އޮތީ ރާއްޖެ އެެވެ. 

އަދި އިތުރު 10 ދަރަޖައިގެ ކުރިއެެރުމެއް ރާއްޖެ ވަނީ ހޯދާފަ އެވެ. މި ކުރިއެެރުމާއެކު ކުރީން އޮތް 109 ވަނައިން ރާއްޖެ ވަނީ 99 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. މިއާއެކު އޭޝިއާ ބައްރުގެ 24 ވަނަ ރާއްޖެއަށް ވަނީ ލިބިފަ އެވެ.

މި ސަރަހައްދުން ރާއްޖެއާ އެންމެ ކައިރީގައި އޮތީ ނޭޕާލް އެވެ. އެ ގައުމު އޮތީ ދުނިޔޭގެ ރޭކިންގެ 110 ވަނާގަ އެވެ. މި ސަރަހައްދުގެ ފުޓްބޯޅައިގެ ބޮޑު ބާރު އިންޑިއާ އޮތީ ފުޓްސަލް ރޭކިންގައި 130 ވަނާގަ އެވެ. މިއީ ރާއްޖެއަށް ވުރެ 31 ދަރަޖަ ދަށެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ 100 ފުޓްސަލް ޓީމުގެ ލިިސްޓުން ރާއްޖެއަށް ޖާގަ ލިބުނުއިރު ތައިލެންޑްގައި ނިމިގެންދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާ ރާއްޖެ ވަނީ ދުނިޔެއަށް ވަރުގަދަ މެސެޖެއް ދީފަ އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މި މުބާރާތުގެ ގިނަ މެޗްތައް ރާއްޖެއިން ކާމިޔާބުކުރީ ތަފާތުބޮޑު ނަތީޖާތަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.