ކިއުއާރު ކޯޑް ސްކޭންކުރުމަށް ފުޓްސަލް ދަނޑުގައި ބަހައްޓާފައިވާ ބަހައްޓާފައިވާ އީޒެޕްގެ ބޯޑު...
ހަބަރު
09 May 2026 | 13:46
އެމްއެންޔޫ ފުޓްސަލް ފިއެސްޓާ ބަލަންދާ ފަރާތްތަކަށް ސުޕަ އެޕް އީޒެޕުން އައިފޯނެއް

ރެހެނދި ފުޓްސަލްދަނޑުގައި މިހާރު ކުރިއަށްދާ ދިރާގު އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ މެޗްތައް ބަލާލުމަށް ދަނޑުދޮށަށް ގޮސްގެން އައިފޯނެއް ހޯދުމުގެ ފުރުސަތު ރާއްޖޭގެ އެންމެ ފުރަތަމަ ސުޕަ އެޕް އީޒެޕުން ފަހިކޮށްދީފިއެވެ.

އީޒެޕުން ބުނީ މުބާރާތުގެ މެޗްތައް ބަލާލުމަށް ދަނޑަށް ގޮސް، ކިއުއާރު ކޯޑެއް ސްކޭންކޮށްގެން އައިފޯން 17 ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ކިއުއާރުކޯޑް ސްކޭން ކުރަންޖެހެނީ އީޒެޕް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަނޑަށް ގޮސްގެންނެވެ. އެގޮތުން އެޕްލިކޭޝަނަށް ވަދެ ލައިވް އިވެންޓް ކިއުއާރުކޯޑް ސިލެކްޓްކުރުމަށްފަހު، ދަނޑުކައިރީ ބަހައްޓާފައިވާ އެކަމަށް ހާއްސަ ބެނާ ބޯޑުގައިވާ ކޯޑް ސްކޭން ކޮށްލައިގެން ޕްރޮމޯޝަނުގައި ބައިވެރި ވެވޭނޭކަމަށް އީޒެޕުން ބުންޏެވެ.

އައިފޯން 17 ލިބޭ މި ޕްރޮމޯޝަން ކުރިއަށްދާނީ، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އައިފޯނުގެ އިތުރުން ދަނޑަށް މެޗްބަލަންދާ ފަރާތްތަކަށް ކިއުއާރު ކޯޑް ސްކޭންކޮށްލައިގެން ހުޅުމާލޭގައި ހުންނަ އަންކަލް ބޯބޯއިން ހިލޭ ޑްރިންކްސް ލިބޭނޭމަގުވެސް އީޒެޕުން ވަނީ ފަހިކޮށްދީފައެވެ. ހާއްސަ ޕްރޮމޯކޯޑެއްގެ ދަށުން ހިލޭ ޑްރިންކް ލިބުނު ނަމަވެސް ޑެލިވަރީ ފީގެ ގޮތުގައި 20 ރުފިޔާ ދައްކަން ޖެހޭނޭކަމަށް އީޒެޕުން ބުނެއެވެ.

އީޒެޕަކީ ރާއްޖެއަށް ތައާރަފްކުރި އެންމެ ފުރަތަމަ "ސުޕަ އެޕްލިކޭޝަނެވެ. އީޒެޕް، ތަރައްގީކޮށްފައިވަނީ ރާއްޖޭގައި އޮންލައިންކޮށް ދެވޭ ގިނަ ޚިދުމަތްތައް އެއްތަނަކުން ދެވޭ ގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.