ވެސްޓްހޭމްކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ... ފޮޓޯ: ޕްރިމިއާ ލީގް
ކުޅިވަރު
11 May 2026 | 08:58
ވެސްޓްހޭމް މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ލީގް ހޯދުމަށް އާސެނަލް ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރިމެޗް ހަނިގޮތަކަށް އާސެނަލް ކާމިޔާބުކޮށް ލީގް ހޯދުމަށް އެޓީމް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިއްޖެއެވެ.

ވެސްޓްހޭމް ދަނޑުގައި ކުޅުނު މިމެޗް އާސެނަލް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓްރޮސާޑް އެވެ. މެޗްގައި ދެޓީމަށްވެސް ވަނީ ލަނޑުޖަހާގެ ރަނގަޅު ފުރުސަތުތައް ލިބިގެންގޮސްފައެވެ. މެޗްގައި ވެސްޓްހޭމުން ފޮނުވާލި ބައެއް ހަމަލާތައް އާސެނަލްގެ ކީޕަރު ރާޔާ ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗްގެ އިތުރު ވަގުތު ކުޅުމުގެ ތެރޭގައި ވެސްޓްހޭމުން ލަނޑެއް ޖެހުމަށްފަހު ވީއާރު ބެލުމަށްފަހު ރެފްރީ ފަހުން ނިންމީ ގޯލެއް ނޫންކަމަށެވެ. މިއީ ވީއާރު ބެލުމަށްފަހު އެހާ ގިނަ ވަގުތުން ރެފްރީ ނިންމުމެއ ްނިންމި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ވެސްޓްހޭމުން ޖެހީ ގޯލެއް ނޫންކަމަށް ނިންމަން ހަތަރު މިނެޓަށްވުރެ ގިނަ ވަގުތު ހޭދަވިއެވެ.

މި މުހިންމު މޮޅާއެކު، އާސެނަލުން ވަނީ ތާވަލުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީގެ މައްޗަށް ފަސް ޕޮއިންޓްގެ ކުރިއެރުމެއް ހޯދާފައެވެ. ސިޓީއަށް އަތުގައި އެއް މެޗު އިތުރަށް އޮތް ނަމަވެސް، ޖެހިޖެހިގެން ތިން އަހަރު ދެވަނައިގައި ނިންމާލަން ޖެހުމަށްފަހު، މިފަހަރު ލީގު ތަށި އާސެނަލަށް މިވަނީ ވަރަށް ބޮޑަށް ގާތްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ