އިންޑިޔާގެ ބޮޑުވަޒީރު މޯދީ
ދުނިޔެ
12 May 2026 | 08:09
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގުތިސާދުކޮށް ބޭރަށްކުރާ ދަތުރުތައް މަދުކުރުމަށް މޯދީ އެދިއްޖެ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލެމުންދާތީ، ރައްޔިތުން އިގުތިސާދު ކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައިފިއެވެ.

އާދިއްތަ ދުވަހު އިންޑިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ހައިދަރުއާބާދުގައި ބޭއްވި  ރަސްމިއްޔާތެއްގައި ވާހަކަދައްކަމުން މޯދީ ވަނީ، ކޮވިޑް-19 ގެ ދުވަސްވަރު އަމަލުކުރި ފަދައިން ގޭގައި ތިބެގެން މަސައްކަތް ކުރަން އަލުން ފެށުމަށާއި، ރަން ގަތުން މަދުކުރުމުގެ އިތުރުން ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް މަދުކުރުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި މަރުކަޒެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮންނާތާ މިހާރު ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އިންޑިއާއަކީ އެގައުމަށް ބޭނުންވާ ތެލުގެ 90 އިންސައްތަ އިމްޕޯޓްކުރާ ގައުމެކެވެ.

"ގައުމުދެކެ ލޯބިވުމަކީ ހަމައެކަނި ބޯޑަރުގައި ފުރާނަ ގުރުބާންކުރުމެއް ނޫން. މިފަދަ ދަނޑިވަޅެއްގައި ޒިންމާދާރުކަމާއެކު ދިރިއުޅުމާއި، ދުވަހުން ދުވަހަށް ގައުމަށްޓަކައި އަދާކުރަންޖެހޭ ވާޖިބުތައް ފުރިހަމަކުރުމަކީ ވެސް ގައުމީ ލޯބި،" މޯދީ ބުންޏެވެ.

މީގެ އިތުރުން، ތެޔޮ ސަލާމަތްކުރުމަށްޓަކައި މެޓްރޯ ފަދަ އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމަށާއި، އަމިއްލަ ވެހިކަލްތަކުގައި ދަތުރުކުރާއިރު ގިނަ މީހުން އެކުގައި ދަތުރުކުރުމަށްވެސް އެދުނެވެ. އަދި ދަނޑުވެރިން ބޭނުންކުރާ ކެމިކަލް ގަސްކާނާގެ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދުކުރުމަށްވެސް އިލްތިމާސްކުރިއެވެ.

ބޮޑުވަޒީރުގެ މި ވާހަކައާ ގުޅިގެން އިންޑިއާގެ ހިއްސާގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ހޯމަ ދުވަހުގެ ހެނދުނު ބާޒާރު ހުޅުވުނުއިރު 'ސެންސެކްސް' އިންޑެކްސް ވަނީ 1،000 ޕޮއިންޓަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. އަދި އިންޑިއާގެ ފައިސާ (ރުޕީ) ގެ އަގުވެސް ވަނީ ރެކޯޑް މިންވަރަކަށް ދަށްވެފައެވެ.

އިގުތިސާދީ މާހިރުން ބުނާ ގޮތުގައި، މޯދީގެ މި އިއުލާނަކީ ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު ބޮޑުވުމަށް ނުވަތަ ހަކަތަ ބޭނުންކުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ނެރޭނެ ހަރުކަށި އަމުރުތަކެއްގެ އިޝާރާތެކެވެ. މިހާރުވެސް މި ހާލަތުގެ ސަބަބުން އިންޑިއާގެ ބައެއް ސިނާއަތްތަކުން އެތައް ލައްކަ ވަޒީފާއެއް ގެއްލުމުގެ ބިރު ވަނީ އުފެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.