ޙައްޖާޖީންނަށް މަރުޙަބާ ކިޔަން ތައްޔާރުވުން- ފޮޓޯ/ ޙައްޖު ކޯޕަރޭޝަން
ހަބަރު
12 May 2026 | 08:49
ދިވެހި ޙައްޖާޖީންނަށް މަރުޙަބާ ކިޔުމުގެ ގިނަ މަސައްކަތްތައް ނިންމާލައިފި

މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށްދާ ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް ވާންޖެހޭ ތައްޔާރީތަކުގެ ގިނަ މަސައްކަތްތައް ނިންމާލައިފިއެވެ. 

ޙައްޖު ކޯޕަރޭޝަނުން ބުނީ، ޙައްޖާޖީންނަށް މަރުޙަބާ ކިޔުމުގެ ގޮތުން، ދިވެހިން ތިބޭ ހޮޓަލުގެ ބޭރުގައި ބެނާތައް ދަމައި، ޙައްޖުވެރިންނަށް އިރުޝާދުތައް ދިނުމަށް ތަތްކުރަންޖެހޭ އެކިއެކި ޕޯސްޓަރުތައް ތައްކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. 

އެގޮތުން، ހޮޓެލުގެ ލިފްޓުން ފައިބާއިރު، ޙައްޖުވެރިންނަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ހިމެނޭ ޕޯސްޓާރެއް ހަރުކޮށްފައިވާއިރު، އެ ޕޯސްޓަރުގައި، މުހިންމު އެކިއެކި ނަންބަރުތަކާއި، ތަންތަން ހުންނަ ތަނާއި، އެތަނުން ޚިދުމަތް ލިބޭ ވަގުތު ތަކާއި، ނަމާދު ވަގުތުތައްވެސް އެނގެން ހުރެއެވެ. 

އަދި ޙައްޖާޖީން ތިބޭ ކޮޓަރީގެ ބޭރުގައި އެ ކޮޓަރިއެއްގައި ތިބޭ ޙައްޖާޖީންގެ ނަންވެސް ތަތްކޮށްފައިވާއިރު، ކޮޓަރިތަކާއި ފާޚާނާގެވެސް އާބާތުރަ ވަނީ ފިލުވައި ނިންމާފައެވެ. އެ ކޮޓަރިތަކުގައި ތަންމަތި އަޅައި، ފެން ފަދަ ތަކެތިވެސް މިހާރު ވަނީ ބަހައްޓައި ތައްޔާރީތައް ގާތްގަނޑަކަށް ނިންމާލާފައެވެ. 

ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިން ބުނެފައިވާގޮތުން، މައްކާ ހޮޓެލުގެ ހުރިހާ ކޮޓަރިތަކެއްގެ ކާޕެޓު ބަދަލުކޮށް، މޭޒާއި އެނދު ބަދަލުކޮށް، ފާޚާނާތަކުގެ ޓައިލްސް ބަދަލުކުރުންފަދަ ކަންކަން ވަނީ ކޮށްފައެވެ. އެގޮތުން ޖުމްލަ 355 ކޮޓަރީގެ ހޮޓަލުގެ ހުރިހާ ކޮޓަރިއަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

މީގެ އިތުރުން ހޮޓަލުގެ ލޮބީ އޭރިއާއަށްވެސް ބަދަލުތަކެއް ގެނެސްފައިވެެެ އެވެ. އެގޮތުން ޙާޖީން މަޑުކޮށްލައިގެން ތިބުމަށް ސޯފާތައް ވަނީ އައުކޮށްފަ އެވެ. އަދި ޙާޖީންނަށް ދީނީ އަދި އެނޫންވެސް އިރުޝާދުތައް ދިނުމަށް ކޮންފަރެންސް ހޯލެއްވެސް މިހާރުވަނީ ހޮޓަލުގައި ޤާއިމްކޮށްފަ އެވެ.

ދިވެހި ހައްޖުވެރިން ފުރުން އަދި އައުން ހަމަޖެހިފައިވާ ދުވަސްތައް

ފުރަތަމަ ގުރޫޕް: ފުރުން 15 މެއި - އެނބުރި ރާއްޖެ އައުން ޖޫން 5 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި

ދެވަނަ ގުރޫޕް: ފުރުން 17 މެއި - އެނބުރި ރާއްޖެ އައުން ޖޫން 7 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި

ތިންވަނަ ގުރޫޕް: ފުރުން 18 މެއި - އެނބުރި ރާއްޖެ އައުން ޖޫން 8 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި

ހަތަރު ވަނަ ގުރޫޕް: ފުރުން 19 މެއި - އެނބުރި ރާއްޖެ އައުން ޖޫން 9 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި 

ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ. 

ކަލަންޑަރުގައި ވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 26 ވަނަ ދުވަހުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.