ސްޕާސްގެ ކޯޗް ޑިޒާބީ
ކުޅިވަރު
12 May 2026 | 13:27
ރެލިގޭޝަނުން ސަލާމަތްވުމަށް ސްޕާސްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ

އިނގިރޭސި ޕްރިމިއާލީގް ރެލިގެޝަން ޒޯނުން އަރައިގަތުމަށް ޓޮޓެންހަމް ހޮޓްސްޕާއަށް އަނެއްކާވެސް އިތުރު އިންތިޒާރެއްކުރަން ޖެހިއްޖެއެވެ.

ޕްރިމިއާ ލީގްގައި ރޭ ސްޕާސް އާއި ލީޑްސް ބައްދަލުކުރިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ސްޕާސްއެވެ. އެއީ މެޗްގެ ދެވަނަ ހާފްގައި ޓެލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސްޕާސްއިން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް އުއްމީދުތައް ގެއްލުވާލީ 74 ވަނަ މިނެޓް ތެރޭގައި ލީޑްސްއަށް ލިބުނު ޕެނަލްޓީއަކުން ޑޮމިނިކް ކަލްވަޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިމެޗް އެއްވަރުވުމުން އެންމެބޮޑު ނުތަނަވަސްކަމެއް ކުރިމަތިލާން ޖެހުނީ ސްޕާސްއަށެވެ. ސަބަބަކީ މިހާރު ރެލިގޭޝަނާ އެންމެ ކައިރީގައި އޮތީ އެޓީމް ކަމަށްވާތީއެވެ. ލީގްގެ ޕޮއިންޓް ތާވަަލް މިހާރު އޮތްގޮތަށް ބަލާއިރު، ސްޕާސް ދެން ކުޅޭ މެޗުން މޮޅު ނުވެއްޖެނަމަ އެޓީމް ރެލިގޭޓްވާނެއެވެ. 

ލީގްގައި ސްޕާސްއަށް ކުރިއަށް ދެން އޮތީ ނިސްބަތުން އުނދަގޫ ދެމެޗެވެ. އަންނަ އަންގާރަ ދުވަހު ސްޕާސް ނިކުންނާނީ ޗެލްސީ އާއެވެ. އަދި ލީގްގެ އެންމެ ފަހު މެޗްގައި ނިކުންނާނީ ކްރިސްޓަލް ޕެލަސް އާ ދެކޮޅަށެވެ. ކްރިސްޓަލް ޕެލަސް އަކީވެސް ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދާ ޓީމަކަށްވުމުން އެޓީމާ ދެކޮޅަށް ސްޕާސް ނިކުންނަ މެޗް ފަސޭހަނުވާނޭކަމަށް ކޯޗް ރޮބާޓޯ ޑިޒާބީ ވަނީ ފާހަގަކޮށްފައެވެ. މި ދެޓީމް ލީގްގައި ސްޕާސްގެ ދަނޑުގައި ކުޅުނު މެޗް ކާމިޔާބުކުރީ ކްރިސްޓަލް ޕެލަސްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.