ސްޓާމާ-
ދުނިޔެ
13 May 2026 | 08:27
އިންތިޚާބުން ލިބުނު ނާކާމިޔާބީއާއެކު ސްޓާމާގެ އިސްތިއުފާއަށް ގޮވާލާ އަޑުގަދަވަނީ

އިނގިރޭސިވިލާތުގެ ލޯކަލް އިލެކްޝަނުގައި ވެރިކަން ކުރާ ލޭބަރ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން، ބޮޑުވަޒީރު ކިއަރ ސްޓާމަރ އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް ގަދަވެފައިވީ ނަމަވެސް، މަގާމުން އިސްތިއުފާނުދެއްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ސްޓާމަރ ވިދާޅުވީ، ގައުމުގެ ރައްޔިތުން އެދެނީ ސަރުކާރުން މަސައްކަތްތަކާއިގެން ކުރިއަށް ދިއުމަށް ކަމަށާއި، އޭނާ ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށެވެ. އަދި ޕާޓީގެ ލީޑަރުކަމުން ވަކިކުރުމުގެ ރަސްމީ މަރުހަލާއެއް އަދި ފެށިފައި ނުވާކަންވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުގައި ލޭބަރ ޕާޓީއަށް 1,400 އަށްވުރެ ގިނަ ގޮނޑި ގެއްލި، ވޭލްސްގެ ކޮންޓްރޯލްވެސް ވަނީ ގެއްލިފައެވެ. މިއާއެކު ލޭބަރ ޕާޓީގެ ގާތްގަނޑަކަށް 80 މެންބަރަކު ވަނީ ސްޓާމަރ އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

ޚަބަރުތައް ބުނާގޮތުން ސްޓާމަރގެ ކެބިނެޓް މިހާރު އޮތީ ދެބައިވެފައެވެ. މީޑިއާ ރިޕޯޓްތަކުން ހާމަވާގޮތުގައި ކެބިނެޓްގެ ހަ މެންބަރަކު ވަނީ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ބާރުއަޅުއްވާފައެވެ. އޭގެ ތެރޭގައި ފޮރިން ސެކްރެޓަރީ އިވެޓް ކޫޕަރ، ހޯމް ސެކްރެޓަރީ ޝަބާނާ މަހްމޫދު އަދި ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިންގ ހިމެނެއެވެ.

މި މައްސަލައިގައި ސަރުކާރުގެ ބައެއް އިސް ބޭފުޅުން މިހާރު ވަނީ އިސްތިއުފާ ދެއްވަން ފައްޓަވާފައެވެ. އޭގެ ތެރޭގައި މިނިސްޓަރު ޒުބައިރު އަހުމަދާއި، އެލެކްސް ޑޭވިސް-ޖޯންސް އަދި ޖެސް ފިލިޕްސް ހިމެނެއެވެ. ޒުބައިރު އަހުމަދު ވިދާޅުވީ ސްޓާމަރގެ ލީޑަޝިޕްގައި ހަރުދަނާ އުސޫލުތަކެއް ނެތުމުގެ ސަބަބުން ސަރުކާރުގެ ކުރިއެރުމަށް ހުރަސްއެޅެމުންދާ ކަމަށެވެ.

ނަމަވެސް ބޮޑުވަޒީރުގެ ދިފާއުގައި ބައެއް ވަޒީރުން ވަނީ ވާހަކަ ދައްކަވާފައެވެ. ލިޒް ކެންޑަލް އާއި ޕީޓާ ކައިލް ވިދާޅުވީ ބޮޑުވަޒީރަށް ފުރިހަމަ ތާއީދު އެބައޮތް ކަމަށާއި، ލީޑަޝިޕާ ގޮންޖަހާނެ މީހެއް ނެތް ކަމަށެވެ.

މި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސާދަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ޕައުންޑުގެ އަގު ވެއް ގޮސްފައިވާއިރު، ސަރުކާރުން ފައިސާ ދަރަންޏަށް ހޯދާ ރޭޓްތައް ވަނީ ފާއިތުވި 30 އަހަރު ތެރޭގައި މައްޗަށް ނުދާވަރަށް އުފުލިފައެވެ.

ސްޓާމަރގެ މަގުބޫލުކަން ދަށަށް ދިއުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، ދިރިއުޅުމުގެ ޚަރަދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި "ވިންޓަރ ފިއުލް އެލަވަންސް" ކަނޑާލުމާއި، ފަލަސްތީނުގެ ގާޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތު ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ