ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް --
ހަބަރު
14 May 2026 | 15:42
ނާޒިމަށް ފިތުނަ އުފެއްދުމާއި މަސްލަހަތު ގެއްލުވާލުމުގެ ތުހުމަތު، 72 ސޮއި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން ހުށައެޅީ އޭނާ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާނަގައި ފިތުނަ އުފައްދާ ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް މަސައްކަތް ކުރަމުންދާތީ ކަމަށް މަގާމުން ވަކިކުރުމުގެ ގަރާރުގައި ބުނެފި އެވެ.

އެ ގަރާރުގައި ބުނެފައިވަނީ އަހްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށައަޅަނީ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާނަގައި ފިތުނަ އުފައްދާ ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭގޮތަށް ތަކުރާރު ކުރަމުންދާތީއާ ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައި ވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލުމަށް މަޖިލީހުގެ ނާއިބު ރައީސް ހިޔްވަރުދީ ޒިންމާއިން ބަރީއަވެފައިވާތީ ކަމަށެވެ.

ނާޒިމް ވަކިކުރުމުގެ މައްސަލާގައި 72 މެންބަރުން ވަނީ ސޮއިކޮށްފަ އެވެ. މިއީ އޭނާ މަގާމުން ވަކިކުރަން ބޭނުންވާ އަދަދަށް ވުރެވެސް މާ ގިނަ އަދަދެކެވެ.

ނާޒިމް މެލޭޝިޔާއަށް ފުރުއްވުން

އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅާފައިވާ މި ދަނޑިވަޅުގައި ނާޒިމް މެލޭޝިޔާއަށް ފުރާވަޑައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނާޒިމްގެ އާއިލާ ދިރިއުޅެނީ މެލޭޝިޔާގަ އެވެ. މީގެ ކުރީން ވެސް ނާޒިމް ވަރަށް ގިނައިން އެ ގައުމަށް ވަޑައިގަންނަވަ އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށާ، އެ މައްސަލަ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށެވެ.

ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެއެވެ. އަދި، ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނައިބު ރައީސަށް ދޭންޖެހޭނެއެވެ. ނަމަވެސް، އެ ވޯޓުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައިވާއިރު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންވެސް މިދިޔަ މަހު 21 ވަނަ ދުވަހު އޭނާ ވަނީ ވަކިކޮށްފައެވެ.

އަދި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުންވެސް އޭނާ ވަނީ އިއްޔެ ނެރެލާފައެވެ.

އެ ގުރޫޕަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވާހެން ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެވެ.

މީގެ އިތުރުން، މަޖިލީހުގެ މި ދައުރު މާދަން ނިމޭއިރު، މިއަދުގެ ޖަލްސާގައި ވަނީ މިމަހު 31 އަށް ދައުރު ދަންމާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.