ހައްޖަށްދާ ފުރަތަމަ ގުރޫޕް ސައުދީއަށް ފުރުން- ފޮޓޯ/ ވޮއިސް
ހަބަރު
15 May 2026 | 15:55
ޙައްޖާޖީންގެ ފުރަތަމަ ގުރޫޕް ސަޢުދީއަށް ފުރައިފި

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން، ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ސަޢޫދިއާ އެއާލައިންގައެވެ. އެ ފްލައިޓްގައި 238 މީހުން ވަނީ ހައްޖުގެ އަޅުކަމަށް ފުރާފައެވެ. މި ގުރޫޕުގެ ފްލައިޓް ޖިއްދާ އެއާޕޯޓަށް ޖައްސާނީ ރާއްޖެ ގަޑިން 8:55 ގައެވެ.

ހައްޖުގެ އަޅުކަން ނިންމާލައި، މި ގްރޫޕް އެނބުރި ރާއްޖެ އަންނާނީ ޖޫން 5 ގައެވެ. 

ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ގެންދިޔުމަށް 4 ފްލައިޓެއް ބާއްވާނެއެވެ. އެއީ، ސަޢޫދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ.

ޙައްޖުވެރިންގެ ބާކީ ގުރޫޕްތައް ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައް:

- މިމަހުގެ 17 ވާ އާދިއްތަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި. މި ފްލައިޓްގައި 257 ޙައްޖުވެރިން ފުރާނެއެވެ. އެނބުރި ރާއްޖެ އަންނާނީ ޖޫން 7 ގައެވެ.

- 18 ވާ ހޯމަ ދުވަހު ސަޢޫދިއާ އެއާލައިންގައި. މި ފްލައިޓްގައި 267 ޙައްޖުވެރިން ފުރާނެއެވެ. އެނބުރި ރާއްޖެ އަންނާނީ ޖޫން 8 ގައެވެ. 

- މިމަހުގެ 19 ވާ އަންގާރަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި. މި ފްލައިޓްގައި 256 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެނބުރި ރާއްޖެ އަންނާނީ ޖޫން 9 ގައެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިންނަށް މައްކާ ރޫޓުގެ ޚިދުމަތް ލިބޭއިރު، ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ.

ހައްޖާޖީން ސައުދީއަށް ފުރާފައިވާއިރު، ޙައްޖާޖީންނަށް މަރުޙަބާ ކިޔުމުގެ ގޮތުން، ދިވެހިން ތިބޭ ހޮޓަލުގެ ބޭރުގައި ބެނާތައް ދަމައި، ޙައްޖުވެރިންނަށް އިރުޝާދުތައް ދިނުމަށް ތަތްކުރަންޖެހޭ އެކިއެކި ޕޯސްޓަރުތައް ތައްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

އެގޮތުން، ހޮޓެލުގެ ލިފްޓުން ފައިބާއިރު، ޙައްޖުވެރިންނަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ހިމެނޭ ޕޯސްޓާރެއް ހަރުކޮށްފައިވާއިރު، އެ ޕޯސްޓަރުގައި، މުހިންމު އެކިއެކި ނަންބަރުތަކާއި، ތަންތަން ހުންނަ ތަނާއި، އެތަނުން ޚިދުމަތް ލިބޭ ވަގުތު ތަކާއި، ނަމާދު ވަގުތުތައްވެސް އެނގެން ހުރެއެވެ.

މީގެ އިތުރުން މިނާގައިވެސް މިފަހަރު ދިވެހިންނަށް ޚާއްސަ ފާޚާނާތައް އިތުރު ކުރެވި އެހެނިހެން ފަސޭހަތައް އިންތިޒާމް ކުރެވިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.