ތިން ރައީސުން.. ފޮޓޯ: ވޮއިސް
ހަބަރު
15 May 2026 | 21:35
އެކުގައި މި ނިކުތީ ނޫސްވެރިކަން ހަނިކޮށް ހުދުމުހުތާރު ވެރިކަމަކަށްދާތީ: ތިން ރައީސުން

ސަރުކާރާ ދެކޮޅަށް ނިކުންނަން ޖެހުނީ މީޑިއާގެ މިނިވަންކަން ހަނިކޮށް ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ދާންފެށުމުންކަމަށް ކުރީގެ ތިން ރައީސުންކަމަށްވާ، ރައީސް މުހައްމަދު ނަޝީދު، އިބްރާހިމް މުހައްމަދު ސާލިހް އަދު ރައީސް ޔާމީނު ވިދާޅުވެއްޖެއެވެ.

އަދުގެ ސަރުކާރު ޖަވާބުދާރީކުރުވުމަށް ތިން ރައީސުން އެއްގަލަކަށް އަރައި ފުރަތަމަ ފަހަރަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތިން ބޭފުޅުންވެސް ވިދާޅުވީ، ސިޔާސީ ހިޔާލުތަފާތުވުންތައް އެއްފަރާތްކުރުމަށްފަހު ސަރުކާރު ޖަވާބުދާރީ ކުރުވަން ނިކުންނަން ޖެހުނީ ނޫސްވެރިންގެ ހައްގުގައިކަމަށެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޔާމީނު ވިދާޅުވީ، ނޫސްވެރިންނަކީ ސަރުކާރު ޖަވާބުދާރީ ކުރުމާއި އަދި ރައްޔިތުންނަށް ބާރުވެރިކުރުމަށް އޮތް އެންމެ ވަރުގަދަ ފަރާތްކަމަށެވެ. ނަމަވެސް އަދުގެ ސަރުކާރުގެ އަމަލުތައް މިހާރުހުރީ ޝަރުއީ މަރުހަލާގެ ތެރެއިން މީޑިއާގެ މިނިވަންކަން ހަނިކުރާގޮތަށްކަން ރައީސް ޔާމީނު ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ތިން ރައީސުންގެ ނިންމުމަކީ މީޑިއާގެ މިނިވަންކަމަށް މަސައްކަތްކުރަން ގުޅިގެން ނިކުތުން ކަމަށާއި، ހައްޔަރުކޮށްފައިވާ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާކަމަށެވެ.

މިރޭ އަޅުގަނޑުމެން ހަމަ ދަންނަވަން ސަރުކާރަށް ހަމަ މިހާރުން މިހާރަށް ހަޔަރުކޮށްފައި ތިބި ނޫސްވެރިން ދޫކޮށްލަން. މިހާރުން މިހާރަށް ހަޔަރުކޮށްފައި ތިބި ނޫސްވެރިން ދޫކޮށްލަން ޖެހޭ. އަދި މިއަދު އިންސާފުގެ ދާއިރާއަށް އަޅުގަނޑުމެން ދަންނަވަން. މިހާރު ނެރުއްވާފައި އޮތް ގެގް އޯޑަރ ވެސް ދޫކޮށްލަން

ރައީސް ޔާމީނު

ރައީސް ސޯލިހް ވިދާޅުވީ ތިން ރައީސުން ނިކުންނަން ޖެހުނީ ގައުމުގެ ހާލަތު މިއޮގޮތަށް އޮތް ހާލަތުން ކަމަށާއި މިކަމުގައި އިސްވެ ކުރަންޖެހޭ ކަންތައްތަކެއް އެއޮތްކަމަށް ގަބޫލުކުރެވޭތީކަމަށެވެ. އެގޮތުން ހުރި ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްފަރާތްކުރުމަށްފަހު މިއީ ގައުމީ މަސްލަޙަތު އިސްކޮށް، ރައްޔިތުންނަށްޓަކައި ކަންތައްތަކެއް ކުރަންޖެހޭ ވަގުތުކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެންމެ މުހިއްމު އެއްކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ، ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުން. އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، ޝަރުއީ ދާއިރާއަށް ބާރުވެރިކަން ހިންގުމުގެ ފަރާތުން ނުފޫޒުފޯރުވާ މައްސަލަ

ރައީސް ސޯލިހް

ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރު ހަމަޔަކަށް އެޅުވުމަށް ފަށާފައިވާ ހަރަކާތްތައް ދޫނުދީ ކުރިއަށްގެންދާނެކަމަށެވެ. ހަރަކާތްތައް ހއުްޓާލާނީ ނަތީޖާ ހާސިލްވުމުންކަމަށްވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ