ލިވަޕޫލާ ދެކޮޅަށް ކުޅެ މޮޅުވި މެޗަށްފަހު އެސްތަން ވިލާ ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: އެސްޓަން ވިލާ
ކުޅިވަރު
16 May 2026 | 13:07
އެސްޓަން ވިލާއިން ޗެމްޕިއަންސްލީގް ޖާގައެއް ކަށަވަރުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އެސްޓަން ވިލާ އާއި ލިވަޕޫލް ބައްދަލުކުރިމެޗް އެސްޓަންވިލާ ކާމިޔާބުކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގް ޖާގައެއް ކަށަވަރުކޮށްފިއެވެ.

ލީގްގައި ލިވަޕޫލާ އެސްޓަން ވިލާ ބައްދަލުކުރި މެޗް އެސްޓަންވިލާ ކާމިޔާބުކުރީ 4-2 ގެ ނަތީޖާއިންނެވެ. އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީވެސް އެޓީމެވެ. އެއީ މެޗްގެ 42 ވަނަ މިނެޓް ތެރޭގައި ރޮޖާސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ފުރަތަމަ ހާފް އެސްޓަން ވިލާ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފްގެ ކުރީކޮޅު ލިވަޕޫލްގެ ވެންޑައުިކް ވަނީ ލަނޑެއް ޖަހައި މެޗް އެއްވަރުކޮށްފައެވެ. ނަމަވެސް އޭގެ ހަތަރު މިނެޓްފަހުން އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް ވަނީ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ލީޑް ނަގައިދީފައެވެ. އަދި 73 ވަނަ މިނެޓް ތެރޭގައި އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 3-1 ކަށް ބަދަލުވިއިރު، މެކްގިން ވަނީ 73 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 4-1 ކަށް ބަދަލުކޮށް ޗެމްޕިއަންސްލީގް ޖާގައެއް ކަށަވަރުކޮށްދީފައެވެ. 

ލިވަޕޫލުން ޖެހި ދެވަނަ ލަނޑަކީ މެޗްގެ އިތުރު ވަގުތު ކުޅުމުގެ ތެރޭގައި ވެންޑައިކް ޖަހައިދިން ލަނޑެކެވެ. 

މިމެޗުން މޮޅުވުމާއެކު އެސްޓަން ވިލާއިން ވަނީ، ކުރިއަށްއޮތް ސީޒަންގެ ޗެމްޕިއަންސްލީގް ކުޅުމުގެ ފުރުސަތު ޔަގީންކޮށްފައެވެ. ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އެސްޓަން ވިލާ އޮތީ 62 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނާގައެވެ. ޕްރިމިއާ ލީގްގައި އެސްޓަން ވިލާއަށް ދެން އޮންނާނީ މެންޗެސްތަރ ސިޓީއާ ދެކޮޅަށް ނިކުންނަ މެޗް އެކަންޏެވެ. 

އެސްޓަން ވިލާއަށް ޗެމްޕިއަންސްލީގް ޖާގައެއް ކަށަވަރުވިއިރު، ޔުއެފާ ޔޫރޮޕާ ލީގް ފައިނަލުގައި މިމަހުގެ 20 ވަނަ ދުވަހު އެޓީމް ފްރެއިބާގާ ދެކޮޅަށް ނިކުންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ދައުލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދަން މީގެ ކުރިން މަސައްކަތްކުރި ނިޔަތް ރަނގަޅެއްނޫން: ރައީސް
ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނިޒާމީ ގޮތެއްގައި މިކަން ހަރުދަނާކުރުމަށް ކަމަށެވެ
26 Aug 2026
އިގްތިސާދު ފުޅާކުރަން މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ މި ސަރުކާރުން
ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދު ކުރިއެރުވުމަށް ވަރަށް އިސްކަންދޭ އެކަމުގައި “ޕްރޯ” ސަރުކާރެއް ކަމަށެވެ
26 Aug 2026
ބޭރުފައިސާގެ މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް
ރައީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކަކީ ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ޢާންމު ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ
26 Aug 2026
ލަންކާގެ ހައިކޮމިޝަނަރު އެމް. ރިޒްވީ، ފުވައްމުލަކު އަޙްމަދު ޢަލީ ދީދީ ކްރިކެޓް ދަނޑަށް
ދަނޑަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު އެމް. ރިޒްވީ ވަނީ ފުވައްމުލަކުގައި ކްރިކެޓް ކުޅިވަރަށް އޮތް ބޮޑު ޝައުޤުވެރިކަން ފާހަގަކުރައްވާފައެވެ.
26 Aug 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
ރައީސް ވަނީ ހާދިސާގެ އަސަރުކޮށްފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެޖެންސީ ޓީމުތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ
26 Aug 2026
އެއްގަމު އުޅަނދުފަހަރު ދެން އެންމެ ގިނަވެގެން ދުއްވޭނީ 20 އަހަރުވަންދެން
ބިލުގައިވާ ގޮތުން އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެއެވެ
26 Aug 2026
މިސްކިތް ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން 10 މިލިއަން ރުޕީސް ދެނީ
މިސްކިތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފައިސާ ދިނުމަށް ނިންމާފައިވަނީ، ހާއްސަ މުނާސަބާއަކާ ގުޅިވައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ލަންކާގެ ކަމާބެހޭ ވުޒާރާ އާއި މުސްލިމް ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓް ގުޅިގެންނެވެ.
26 Aug 2026
ފޯމްތައް އިސްލާހްކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ނުވަތަ ސައްހަނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.