ނުސުކް ކާޑު-
ހަބަރު
14 May 2026 | 15:14
ޙައްޖުގެ އަޅުކަމުގެ ތެރޭގައި އަބަދުވެސް 'ނުސުކް ކާޑު' ބޭނުންކުރުމަށް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސްކޮށްފި

ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ގޮސްތިބި ހުރިހާ ދިވެހި ޙައްޖުވެރިންވެސް، ހުރިހާ ވަގުތެއްގައި "ނުސުކް ކާޑު" އަޅައިގެން އުޅުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަރަށް ބޮޑަށް އިލްތިމާސްކޮށްފިއެވެ.

ނުސުކް ކާޑަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙައްޖާޖީންނަށް ދޫކުރާ ރަސްމީ ފާހެވެ. ސައޫދީ ސަރުކާރުގެ ޙައްޖާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ގޮތުން، ޙައްޖުގެ އަޅުކަން އަދާކުރުމުގައި އެންމެހާ ޙާޖީންގެ އަތުގައި ހުރިހާ ވަގުތަކު މި ފާސް އޮންނަންޖެހޭނެއެވެ.

ނުސުކް ނިޒާމަކީ ޤަވާއިދާ ޚިލާފަށް މައްކާއަށް އެތެރެވާ މީހުން މަދުކޮށް، ވަކި އިންތިޒާމެއްގެ ދަށުން ޙައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމަށް ސައޫދީ ސަރުކާރުން ތައާރަފްކޮށްފައިވާ ޚާއްސަ ޕްލެޓްފޯމެކެވެ. މީގެ މައިގަނޑު މަގުސަދަކީ ސައޫދީއަށް އެތެރެވާ އެންމެހާ ޙާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.

މި ފަހަރުގެ ޙައްޖުގެ އިންތިޒާމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، އަމިއްލަ ޤައުމުގައި ތިބެ ނުސުކް ކާޑު ޙައްޖުވެރިންނަށް ބަހާ ހަމައެކަނި ޤައުމަކަށް ދިވެހިރާއްޖެ ވެގެންދިޔަ ކަމެވެ. ޙައްޖުވެރިން ފުރުމުގެ ކުރިން މި ކާޑު ލިބޭނެ އިންތިޒާމު ޙައްޖު ކޯޕަރޭޝަނުން ހަމަޖެއްސީ، ޙައްޖުގެ ޚިދުމަތް ފޯރުކޮށްދޭ އެޖެންޓު ނުވަތަ މުޠައްވިފް "ރަވާފް މިނާ" މެދުވެރިކޮށެވެ. މި މަސައްކަތަށްޓަކައި ރަވާފް މިނާގެ ވައިސް ޕްރެސިޑެންޓް އިހްސާން ކަތިބު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ޕްރިންޓުކޮށްފައިވާ މި ކާޑަކީ ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާއިރު ކޮންމެހެން އަތުގައި އޮންނަންޖެހޭ އެއްޗެކެވެ. އަދި މިއީ ޙައްޖާ ގުޅުންހުރި އެކި ޚިދުމަތްތައް ހޯދުމަށާއި، މުޤައްދަސް ބިންތަކަށް ވަނުމުގައި ޙައްޖާޖީންނަށް ފަސޭހަވާނެ ވަސީލަތެކެވެ.

ޙައްޖު ކޯޕަރޭޝަނުން ބާރުއަޅަނީ ދިވެހި އެއްވެސް ޙާއްޖީއަކަށް މި ކާޑުގެ ސަބަބުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ގެއްލުނަ ނުދިނުމަށެވެ. އެހެންކަމުން، ހުރިހާ ވަގުތެއްގައިވެސް ނުސުކް ކާޑު ބޭނުންކުރުމަށް އެ ކޯޕަރޭޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.