އެމްއެންޔޫ ފަހި ފުރުސަތު
ހަބަރު
13 May 2026 | 18:26
އެމް.އެން.ޔޫ "ފަހި ފުރުސަތު" 2026 ގައި ބައިވެރިވުމުގެ ފަހު ފުރުސަތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކުރާ "ފަހި ފުރުސަތު" 2026 ފެސްޓިވަލްގައި ބައިވެރިވުމަށް ވަޒީފާދޭ ފަރާތްތަކަށް ހުޅުވާލާފައިވާ މުއްދަތު މާދަމާ ހަމަވާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ. 

އެމް.އެން.ޔޫ އިން މަޢުލޫމާތު ދޭ ގޮތުގައި، މި ފެސްޓިވަލްގައި ބައިވެރިވާން ޝައުޤުވެރިވާ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މާދާރޭ 23:00 އެވެ. މި ހަރަކާތަކީ ދަރިވަރުންނާއި، ދަސްވެނިންނާއި، ވަޒީފާ ހޯދާ ފަރާތްތަކުގެ އިތުރުން ވަޒީފާދޭ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ހުނަރުވެރި ފަރާތްތަކާއި ވަޒީފާގެ ފުރުޞަތުތައް ގުޅުވައިދިނުމަށް ބާއްވާ ވަރަށް މުހިންމު ހަރަކާތެކެވެ.

މި އަހަރުގެ "ފަހި ފުރުސަތު" ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 03 އިން 05 އަށެވެ. މި ފެސްޓިވަލް ކުރިއަށްދާނީ ކަނޑައެޅިފައިވާ އެ ދުވަސްތަކުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. މި ހަރަކާތް އެމް.އެން.ޔޫގެ ހުރިހާ ކެމްޕަސްއެއްގައި ކުރިއަށްދާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

މި ފެސްޓިވަލްގެ ތެރެއިން އެކި މުއައްސަސާތަކާއި ކުންފުނިތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، އިންޓަރންޝިޕް އަދި ތަމްރީނު ޕްރޮގްރާމްތަކުގެ މަޢުލޫމާތު ދިނުމުގެ ފުރުޞަތު ބައިވެރިވާ ފަރާތްތަކަށް ލިބިގެންދާނެއެވެ. ހަމައެއާއެކު، ވަޒީފާ ހޯދާ ފަރާތްތަކަށް އެކި ދާއިރާތަކުން ހުރި ކުރިއެރުމުގެ މަގުތައް ދެނެގަނެ، ވަޒީފާދޭ ފަރާތްތަކާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތުވެސް މި ފެސްޓިވަލްގެ ތެރެއިން ފަހިވެގެންދާނެއެވެ.

މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ވަޒީފާދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށް އެމް.އެން.ޔޫ އިން އިލްތިމާސްކުރެއެވެ.

https://docs.google.com/forms/d/1kHaOJcme2IQQVOCqA9mm-PhANPLk7nWxc8K9K13EYsA/viewform?edit_requested=true

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.