ވަތަނީ ހިދުމަތުގެ ޕްރަގްރާމްގެ ދެވަނަ ބެޗުގެ ބައިވެރިވުން ދަސްވެނިވުން --
ހަބަރު
17 May 2026 | 18:58
ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގައި 343 ބައިވެރިން ދަސްވެނިއްޖެ، ރައީސްގެ މަރުހަބާ

ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗުގެ ބައިވެރިންގެ ތަމްރީނުތައް ނިމި ބައިވެރީން ދަސްވެނިވެއްޖެ އެވެ.

މި ބައިވެރީން ދަސްވެނިވުމަށް މިއަދު ވަނީ ޅ. މާފިލަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗުގައި 112 ރަށަކަށް ނިސްބަތްވާ 343 ބައިވެރީން ވަނީ ދަސްވެނިވެފަ އެވެ. މީގެތެރެއިން 113 ބައިވެރީންނަކީ އުމުރުން 18 އަހަރުން ދަށުގެ ކުދީންނެވެ.

ވަތަނީ ހިދުމަތުގެ ޕްރަގްރާމްގެ ދެވަނަ ބެޗުގެ ބައިވެރިވުން ދަސްވެނިވުން --

މި ފަަހަރު ދަސްވެނިވި ބައިވެރީންގެ ތެރޭގައި 63 އަންހެން ބައިވެރީން ހިމެނެ އެވެ. 280 ފިރިހެން ބައިވެރީން ހިމެނެ އެވެ.

މި ބައިވެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ވަތަނީ ހިދުމަތުގެ ތަމްރީނުގައި ދިވެހި ޤައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި، ދީނީތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑް، ފަޔަރފައިޓިންގ، ލޭންގުއޭޖް ޕްރޮފިޝެންސީ، ހަށިހެޔޮކަމާއި ފެތުމާއި މޫދަށް އަހުލުވެރިވުން ހިމެނެ އެވެ. އަދި ހެވިކަމާއި ކަސްރަތާއި ކުޅިވަރު އަދި ކޭމްޕިން އާއި ފީލްޑް އެކްޓިވިޓީތައް ވެސް ހިމެނެ އެވެ.

ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިން ފުރިހަމަ ކުރުމުން ހާސިލްކުރެވޭނެ ސަނަދުތަކުގެ ތެރޭގައި ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކެޗަން އެންޑް ލީޑަރޝިޕް، ކޮމިޔުނިޓީ ވޮލަންޓިއަ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިދް ސެތްފިކެޓް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހިމެނެއެވެ.

ވަތަނީ ހިދުމަތުގެ ޕްރަގްރާމްގެ ދެވަނަ ބެޗުގެ ބައިވެރިވުން ދަސްވެނިވުން --

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ބެޗު ނިމިފައިވާއިރު، މި ކޯޙުގައި ރާއްޖޭގެ 108 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވި އެވެ. 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ބައިވެރިވި އެ ކޯހުގައި ދަސްވެނިވި ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ.

13 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، 344 ދަރިވަރުން ވަނީ ދަސްވެނިވުނުއިރު، މީގެ ތެރެއިން 96 އިންސައްތަ ދަރިވަރުން ވަނީ ތަމްރީނުގައި ކަނޑައަޅާފައިވާ މިންގަނޑުތައް ހާސިލުކޮށް، ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑާޝިޕް އެވޯޑް ހާސިލުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.