ފިއްލަދޫ ކައުންސިލް މެންބަރުން ހުވާކުރެއްވުން --
ރިޕޯޓް
17 May 2026 | 19:07
ހާމިދުގެ ދެކަނބަލުންނަށް ހާއްސަ ދުވަހެއް: ފިއްލަދޫ ރައީސަށް ހުވާލައިދެއްވީ އަނބިކަނބަލުން

މިއަދަކީ ދިވެހި ލާމަރުކަޒީ ތާރީހުގައި ހާއްސަ ދުވަހެކެެވެ. ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުގެ ފަސްވަނަ ދައުރު ފެށުނު ދުވަހެވެ. ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންނާއި ސިޓީތަކުގެ މޭޔަރުންނާއި މެންބަރުން ވަނީ މަގާމުގެ ހުވާ ކުރައްވާ ދައުރު ފައްޓަވާފަ އެވެ. އަދި ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން ވަނީ އިގްރާރުވެފަ އެވެ.

އެހެން ކަމުން އަލަށް އިންތިހާބުވީ ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންނާއި ސިޓީތަކުގެ މޭޔަރުންނާއި މެންބަރުންނާއި ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް މިއަދަކީ ހާއްސަ ދުވަހެެކެވެ.

ފިއްލަދޫ ކައުންސިލް މެންބަރުން ހުވާކުރެއްވުން --

މި ދުވަސް އެންމެ ހާއްސަވީ އެއް ބޭފުޅަކީ ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާމިދަށެވެ. އެއީ މަގާމުގެ ހުވާކުރެއްވުމުގެ ދަރުބާރަށް ހާޒިރުވީއިރު މަގާމުގެ ހުވާލައިދެއްވަން ހުންނެވީ އަނބިކަނބަލުން, އައިޝަތު ފަރީދާއަށް ވުމުންނެވެ.

އައިޝަތު ފަރީދާއަކީ ފިއްލަދޫ ކޯޓްގެ އިސް މެޖިސްޓްރޭޓެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑަައިގެންނެވީ އޮކްޓޫބަރު 2025 ގަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފިއްލަދޫ ކޯޓްގެ އިސްމެޖިސްޓްރޭޓް 

މިއީ ރާއްޖޭގެ ތާރީހުގައި ރަށެއް ނުވަތަ ގައުމުގެ އިސް މަގާމަކަށް ވަޑައިގެންނެވި ބޭފުޅަކަށް އޭނާގެ އަނބިކަނބަލުން ހުވާލައިދެއްވި ފުރަތަމަ ފަހަރެވެ. އެހެން ކަމުން މިކަން ވެގެން މިދިޔައީ ވަރަށް ތާރީހީ ކަމަކަށެވެ.

ހާމިދުއާ ފަރީދާ ވަނީ ޝަރީއާ އެންޑް ލޯ އިން ޑިގްރީ ހާސިލުކުރައްވާފަ އެވެ.

ފިއްލަދޫގެ ވެރީން އިސްމެޖިސްޓްރޭޓާއެކު 

މި ފަހަރު ފިއްލަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ މެންބަރުންނަކީ ވެސް ޕީއެންސީގެ މެންބަރުންނެވެ. މިއީ ފިއްލަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއެއް އެއް ޕާޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.