ކުރީގެ ތިން ރައީސުން- ފޮޓޯ/ ވޮއިސް
ހަބަރު
18 May 2026 | 11:26
ޔާމީން ސަޕޯޓަރުންނަށް: އެމްޑީޕީއާ ގުޅުނީ އެޕާޓީގެ ފަލްސަފާ ކަމުދާތީއެއްނޫން؛ ޤައުމަށްޓަކައި

އެމްޑީޕީއާއެކު މަސައްކަތްތަކެއް ކުރުމަށް ނިންމެވީ، އެޕާޓީގެ ފަލްސަފާތައް ކަމުދާތީ ނޫން ކަމަށާ، އެހެނެއް ކަމަކު އެ ނިންމުން ނިންމެވީ ޤައުމީ މަސައްކަތްތަކެއް ކުރެއްވުމަށް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިން ހައްޔަރުކޮށް، މިޑިއާތަކަށް ހުރަސް އަޅަމުންދާތީ އެކަން ނިމުމަކަށް ގެނައުމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް އާއި، މުޙައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމަވާފައެވެ. އެކަމާގުޅިގެން ޕީއެންސީއާއި، ޔާމީންގެ ބައެއް ސަޕޯޓަރުންވެސް އެމަނިކުފާނަށް އަންނަނީ ފާޑުކިޔަމުންނެވެ. 

ރޭގެ ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަމުން މިވަގުތު އިދިކޮޅުގައި އެދެވޭ މަސައްކަތެއް ކުރާ އޮތީ ޕީއެންއެފް އާއި އެމްޑީޕީ ކަމަށެވެ. އަދި އެމަނިކުފާނަކީ މީގެ ކުރިން އެމްޑީޕީއާ ދެކޮޅަށް އެތަކެއް ވާހަކަތަކެއް ދެއްކެވި ބޭފުޅެއް ނަމަވެސް، މިވަގުތު ސަރުކާރާ ގުޅެވެން ނެތް ކަމަށް ވިދާޅުވިއެވެ. 

އަޅުގަނޑު އެމްޑީޕީއަށް އެވަރަށް ފާޑުކިޔާފައި އެމީހުންނާ ގުޅުނީމަ (ޕީއެންސީ) ނުރުހިގެން މިއުޅެނީ. އެކަމަކު މިކަންވެސް އޮތް ގޮތަކީ، އަޅުގަނޑަށް ތާއީދުކުރާ ބޭފުޅުންނަށް ދަންނަވާނަން. އަޅުގަނޑަކަށް ނެތޭ މި ބޭފުޅުންނަށް، (ޕީއެންސީއަށް) ތާއީދު ކުރެވޭކަށް. މިބޭފުޅުންގެ ޣައްދާރުކަމާ ޚިޔާނާތްތެރިކަން މާބޮޑޭ. މި ބޭފުޅުން ވެރިކަމުގައި މި ތިބީ އެއްކަލަ ހުސްގޮނޑީގެ ޖާދުލުގައޭ. އެއަށްވުރެ ބޮޑު ޣައްދާރުވުމެއް ކޮބައިތޯ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފް ނުކުމެ އޮތީ، މި ސަރުކާރުން ރައްޔިތުންނަށް ކުރިމަތިކުރުވަމުންދާ ދަތިތަކުން ސަލާމަތް ކުރުމަށް ކަމަށެވެ. އަދި އެމްޑީޕީއާ ގުޅުނީ އެ މަސައްކަތަށް ކަމަށްވެސް ވިދާޅުވިއެވެ. 

”ކޮންމެ މުޒާހަރާއެއް ބައްލަވަބައްލަވާ. އަޅުގަނޑު އެމްޑީޕީގެ ފަލްސަފާ ރަނގަޅެކޭ ނުބުނަން. އެމީހުންގެ އައިޑިއޮލޮޖީ ރަނގަޅެކޭ ބުނަނީކީ ނޫނޭ. އެކަމު ރައްޔިތުންނަށް ހައްގުތަކެއް ހޯދައިދޭން މަގުމަތީގައި އުޅެނީ އެމްޑީޕީއޭ. އެހެން ބަޔަކު ނޫޅެޔޭ. އެހެންވީމާ މިހާރު މިއުޅެނީ، އެންމެ ބޮޑު ހައްގު ގެއްލިގެން. އެހެންވީމާ ކީއްވެގެންތޯއޭ އަޅުގަނޑު އެމްޑީޕީއާއެކީ މި މަސައްކަތް ނުކުރަންވީ. މިއީ އަޅުގަނޑުގެ އަމިއްލަ މަސައްކަތަކެއް ނޫން. މިއީ ދިވެހި ގައުމަށް ކޮށްދޭ ކަމެއް.“ ރައީސް ޔާމީން ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.