މަހިބަދޫ ކައުންސިލްގެ އައު ދައުރަށް ހޮވުނު ކައުންސިލަރުން ހުވާ ކުރަނީ-
ހަބަރު
18 May 2026 | 15:43
ހަ ފަހަރު ވޯޓު ލައިފި؛ މަހިބަދޫ ކައުންސިލަށް ނާއިބެއް ނުހޮވުނު

އައު ކައުންސިލަރުން ހުވައިކޮށް، ތިން ބައްދަލުވުން ބާއްވައިގެންވެސް އދ. މަހިބަދޫ ކައުންސިލްގެ ނާއިބު ރައީސް ކަމަށް ބޭފުޅަކު ނުހޮވި ކައުންސިލް ހިންގުމަށް ބުރޫ އަރައިފިއެވެ. 

ކައުންސިލްތަކުގެ އައު ދައުރު އިއްޔެ ފަށާފައިވާއިރު، ގާނޫނުގައިވާގޮތުން، ކައުންސިލަރުން ހުވާކުުރުމަށް ފަހު ފުރަތަމަ ބައްދަލްވުމުގައި ކުރަންޖެހޭ  ރަސްމީ ފުރަތަމަ މަސައްކަތަކީ ކައުންސިލަށް ނާއިބެއް އިންތިހާބު ކުރުމެވެ.

މަހިބަދޫ ކައުންސިލްގެ ނާއިބުގެ މަގާމަށް ހުޅުވާލުމުން ތިން ބޭފުޅަކު ކުރިމަތިލި އެވެ. އެއީ ކޮންގްރެސްގެ ޕާޓީގެ މެންބަރު މުޙައްމަދު މައުމޫން އާއި، އެމްޑީޕީގެ މެންބަރު، ޒަޢީމާ މުޙައްމަދުގެ އިތުރުން އަމިއްލަގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރި ބުންޏާމީން ހަސަން އެވެ.

ްެއެ މެންބަރުންގެ މެދުގައި ނެގި ވޯޓުގައި ކޮންގްރެސް އާއި އެމްޑީޕީގެ މެންބަރަށް ދެ ވޯޓް އަދި އަމިއްލަ މެންބަރަށް އެއް ވޯޓު ލިބުނެވެ.

އެހެންކަމުން އެލްޖީއޭއިން އެންގީ ދެ ވޯޓް ލިބުނު ދެ މެންބަރުންގެ މެދުގައި އަލުން ވޯޓް ނެގުމަށެވެ.

އެ ބައްދަލުވުމުގައި ތިން ފަހަރުމަތީން ވޯޓު ނެގިިއރުވެސް ކޮންމެ މެންބަރަކަށް ލިބުނީ ދެ ވޯޓެވެ. ދެން ލަނީ ބާތިލް ވޯޓެކެވެ. އިއްޔެ ހެނދުނުގެ ބައްދަލުވުމުގައި ގޮތެއް ނުނިންމުމުން ރޭގައިވެސް އަލުން ވޯޓު ނެގިއެވެ. 

ނަމަވެސް ނާތީޖާ ނެރެވޭ ގޮތް ނުވުމުން ރޭގެ މީޓިން ނިންމައި، މިއަދު މެންދުރު ވަނީ ތިންވަނަ ބައްދަލުވުން ބާއްވާފައެވެ. އެ ބައްދަލުވުމުންވެސް ނަތީޖާއެއް ނުނެރެވުނެވެ. 

އެހެންކަމުން، ހަތަރު ވަނަ ބައްދަލުވުން މިރޭ ބާއްވަން ވަނީ ތާވަލްކޮށްފައެވެ.

ނާއިބެއް ހޮވުމުގެ މަސައްކަތް ނުނިމޭތީ މަހިބަދޫ ކައުންސިލްގެ ގާނޫނީ ޒިންމާތައް އަދާކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ ނިސްބަތް ދެ ގުނައަށް އިތުރުކުރަނީ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 40 އިންސައްތަ ދިވެހި ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
ޑޮލަރުން މުސާރަދިނުން ހުއްޓުވައި، ހުރިހާ މުޢާމަލާތެއް ރުފިޔާއިން ކުރާގޮތް ހަދަނީ
ރާއްޖޭގެ އެތެރޭގައި ޑޮލަރުން މުސާރަ ދިނުމާއި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުން ހުއްޓުވައި 2030 ވަނަ އަހަރާ ހަމައަށް އެންމެހައި މުއާމަލާތްތައް ދިވެހި ރުފިޔާއިން ހިންގާ ނިޒާމަކަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.