ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --
ހަބަރު
18 May 2026 | 19:07
ރައީސްގެ މާލީ ބަޔާން: އެކައުންޓްގައި 1.8 މިލިއަން، 1.3 މިލިއަންގެ ލޯނެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ މާލީ ބަޔާން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި އާންމު ކުރައްވައިފި އެވެ.

އެމަނިކުފާނުގެ މާލީ ބަޔާނުގައި ވަނީ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ލިބިވަޑައިގެންނެވި އާމްދަނީ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްދަށް ލިބިވަޑައިގެންފައިވާ އާމްދަނީ އާއި މިލްކިއްޔާތުގައި ހުރި މުދާ / ވިޔަފާރި މަސްލަހަތާއި ގުޅޭ މާލީ ހުރިހާ ތަފްސީލުތައް ވަނީ ހާމަކުރައްވާފަ އެވެ.

މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ ހަ މަސް ދުވަހު މުސާރައިގެ ގޮތުގައި ރައީސަށް ލިބިވަޑައިގެންފައިވަނީ 282,024.00 ރުފިޔާ އެވެ. އަދި ހުޅުމާލޭ ރޯހައުސް އަކުން ކުލީގެ ގޮތުގައި 240,000 ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ. އަދި މ. ފިޤް އިން 180,000 ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ. މިއީ އެމަނިކުފާނަށް ހިބައިން ލިބިވަޑައިގެންފައިވާ ބިންކޮޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާއަށް ލިބޭ އެލަވަންސްގެ ގޮތުގައި 199,99.98 ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ. އަދި އެކަމަނާއަށް ދިމްޔާތު ޕްރައިވެޓް ލިމިޑެޓުން މުސާރައިގެ ގޮތުގައި 78,000 ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ކޮންސަލްޓަންޓްގެ މަގާމުގައި ހުންނެވުމުން މުސާރައިގެ ގޮތުގައި ހަ މަސްދުވަސްތެރޭ 4,927.32 ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިލްކިއްޔާތު

ރައީސުލްޖުމްހޫރިއްޔާގެ މިލްކިއްޔާތުގައިވާ މ. ދިމްޔާތަކީ ވާރުތައިން ލިބިވަޑަައިގެންފައިވާ ބިމެއްކަން މާލީ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ހުޅުމާލެ އެމްބަރ ޓެރަސް 2 ގެ އަގަކީ 5,919,500.00 ރުފިޔާ އެވެ. ހއ. ވަަށަފަރުގައިވާ ރައީސްގެ ދިމްޔާތު ނަމަކަށްކިޔާ ބިމުގެ އަގަކީ 150,000 ރުފިޔާ އެވެ. މ. ފިޤްގެ ބައެއް ރައީސަށް ހިބައިން ލިބިވަޑައިގެންފައިވާ ކަމަށްވެސް މާލީ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން 260,000 ރުފިޔާގެ ކާރެއް އެމަނިކުފާނުގެ މިލްކިއްޔާތުގައިވެ އެވެ.

މާލީ ބަޔާނުގައި ވަނީ ބޭންކުގައި ހުރި ފައިސާގެ ތަފްސީލުތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ބަލާއިރު ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްގައި 184,845.52 ރުފިޔާ ހުރިއިރު ބީއެމްއެލްގެ ސޭވިސް އެކައުންޓްގައި 1,701,470.44 ރުފިޔާ އެބަހުއްޓެވެ. އަދި އިސްލާމިކް ބެންކުގެ ސޭވިންގްސް އެކައުންޓްގައި ވަނީ 1,000 ރުފިޔާ އެވެ.

މީގެ އިތުރުން މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެން ނެގި ލޯނަކަށް މިވަގުތާ ހަމައަށް ނުދެއްކި 1,319,265.13 ރުފިޔާ އޮތް ކަމަށްވެސް މާލީ ބަޔާނުގައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.