ޕްރިމިއާ ލީގްގައި ބާންލީ އާއި އާސެނަލް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: އާސެނަލް
ކުޅިވަރު
19 May 2026 | 08:39
ޕްރިމިއާ ލީގް ތަށި ނެގުމަށް އާސެނަލް ދެން ބޭނުންވަނީ އެންމެ ޕޮއިންޓެއް

ބާންލީ ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގް ހޯދުމާ ގާތަށް އާސެނަލް ޖެހިލައިފިއެވެ.

ޕްރިމިއާ ލީގްގައި ރޭ އާސެނަލް އާއި ބާންލީ ބައްދަލުކުރިމެޗް 1-0 ގެ ނަތިޖާއަކުން ކާމިޔާބުކުރީ އާސެނަލްއެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި އާސެނަލުން ވަނީ މޮޅަށް ކުޅެ ބާންލީގެ ޑިފެންސްލައިނަށް ބާރުބޮޑުކޮށްފައެވެ.

މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، 37 ވަނަ މިނެޓް ތެރޭގައި ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާވާޓްޒް އެވެ. ޕްރިމިއާ ލީގް ކާމިޔާބުކުރަން ދެން އާސެނަލް ބޭނުންވަނީ އެންމެ ޕޮއިންޓެވެ. ލީގްގައި އާސެނަލްއަށް ދެން އޮތީ އެންމެ މެޗެކެވެ. އެއީ މިމަހުގެ 24 ވަނަ ދުވަހު ރަށުން ބޭރުގައި ކްއީން ޕާކް ރޭންޖާސް އާ ދެކޮޅަށް ނިކުންނަ މެޗެވެ. މި މެޗް ކުޅޭނީ ކިއުޕީއާރުގެ ދަނޑުގައެވެ. މިމެޗް އެއްވަރުކޮށްލައިގެންވެސް އާސެނަލްއަށް ޗެމްޕިއަންކަން ލިބޭނެއެވެ.

ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު ތާވަލްގެ އެއްވަނާގައި އާސެނަލް މިވަގުތު އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކުގައެވެ. އާސެނަލްއަށްވުރެ އެއްމެޗް މަދުން ކުޅެ، މެންޗެސްޓަރ ސިޓީ ދެވަނާގައި އުޅެނީ 77 ޕޮއިންޓާއެކުގައެވެ.

ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ މެންޗެސްޓަރ ސިޓީ ނިކުންނާނީ، ބޯންމައުތާ ދެކޮޅަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ