ހައްޖުވެރުިން ފްލައިޓަށް އަރަންދަނީ.. ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހަބަރު
19 May 2026 | 10:20
ހައްޖުވެރިންގެ ފަހު ފްލައިޓް މިއަދު ފުރައިފި

މިފަހަރު ހައްޖަށްދާ ދިވެހި ހައްޖުވެރިންގެ ފަހު ފްލައިޓް މިއަދު ހެނދުނު ސައުދިއަށް ފުރައިފިއެވެ.

ހައްޖުވެރިްނގެ ފަހު ފްލައިޓް ފުރާފައިވަނީ މިއަދު ހެނދުނު 09:35 ގައެވެ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނީ މިއަދުގެ ފްލައިޓުން 253 ހައްޖުވެރިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރިކަމަށެވެ. ދިވެހި ހައްޖުވެރިން މިއަދު ސައުދީއަށް ފުރާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. 

މިފަހަރު ރާއްޖެއިން ހައްޖަށްދިޔަ ފުރަތަމަ ގްރޫޕް ފުރާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެ ފްލައިޓްގައި 238 މީހުން ވަނީ ހައްޖުގެ އަޅުކަމަށް ފުރިއެވެ.

ހައްޖުވެރިން ހަތަރު ފްލައިޓެއްގައި ހައްޖަށް ފުރިއިރު، މިހާތަނަށް މައްކާއަށް ދިޔަ ހައްޖުވެރިން ވަނީ އުމްރާގެ އަޅުކަން އަދާކޮށްފައެވެ. މިއަދު ސައުދީއަށް ފުރި ހައްޖުވެރިންވެސް މިއަދުގެ ވަގުތެއްގައި އުމްރާގެ އަޅުކަން އަދާކޮށް ނިންމާނޭކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. 

ކުރީ އަހަރެކޭ އެއްގޮތަށް މިފަހަރުވެސް ހައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައެވެ. މިފަހަރުވެސް ޙައްޖުވެރިންނަށް މައްކާ ރޫޓުގެ ޚިދުމަތް ލިބޭއިރު، ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ.

ހައްޖާޖީން ސައުދީއަށް ފުރާފައިވާއިރު، ޙައްޖާޖީންނަށް މަރުޙަބާ ކިޔުމުގެ ގޮތުން، ދިވެހިން ތިބޭ ހޮޓަލުގެ ބޭރުގައި ބެނާތައް ދަމައި، ވަރަށް ފުރިހަމަޔަށް ވަނީ ތައްޔާރުވެފައވެެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.