ދިރާގާއި އެލައިޑްގެ ނޫސްވެރިންގެ ބައްދަލުވުން-
ވިޔަފާރި
20 May 2026 | 11:00
ދިރާގާއި އެލައިޑް ގުޅިގެން ލިމިޓެއްނެތް ފައިބަރ ޕެކޭޖްތަކާއެކު ހޯމް ކޮންޓެންޓް ތަކަފުލް މުޅިން ހިލޭ

ދިރާގާއި އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދި މޯލްޑިވްސް ގުޅިގެން، ދިރާގު ލިމިޓެއްނެތް ފައިބަރ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް އެލައިޑްގެ"ހޯމް ކޮންޓެންޓްސް ތަކަފުލް" އިސްލާމިކް އިންޝުއަރަންސް ޕްލޭން ލިބޭ އަގުހުރި ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.

މި ޕަރޓްނަޝިޕް ރަސްމީކޮށް އިއުލާނުކޮށްފައިވަނީދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، މި ޕްރޮމޯޝަން އިއުލާނުކުރުމުގެ އިތުރުން ދިރާގުން ވަނީ އެލައިޑްއަށްދިރާގުގެ "އެލީޓް ކްލަބް" ގެ ޕަރޓްނަރެއްގެ ގޮތުގައި މަރުހަބާ ކިޔައިފައެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ލިމިޓެއްނެތް ފައިބަރގެ ކޮންމެ ޕެކޭޖެއް މިހާރުވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އަދި މުޅިން އަލަށް ސަބްސްކްރައިބްކުރާކަސްޓަމަރުންނަށް، 150،000 ރުފިޔާއާ ހަމައަށް އެލައިޑްގެ "ހޯމް ކޮންޓެންޓްސް ތަކަފުލް" ޕްލޭނެއް 1 އަހަރު ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެއެވެ.

މީގެ އިތުރުން، ދިރާގު ލިމިޓެއްނެތް ފައިބަރ 30އެމް އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ދިރާގުގެ ފަރާތުން "ސްމާޓްވިއު އިންޑޯ ކެމެރާ" އެއް މުޅިން ހިލޭ ލިބިގެންދާނެއެވެ. އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 50އެމް އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް، މި ކެމެރާގެ އިތުރުން 12 މަސްދުވަހަށް ހިލޭ "ކްލައުޑް ސްޓޯރޭޖް" ސަބްސްކްރިޕްޝަން ވެސް ލިބިގެންދާނެއެވެ.

 "ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންގެންދަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުގެ އިތުރުން، މި ފަދަ ޕަރޓްނަރޝިޕްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް. މި ގޮތުން، އަޅުގަނޑުމެންގެ މަގުސަދަކީ މި ޕްރޮމޯޝަންގެ ޒަރިއްޔާއިން ކަސްޓަމަރުންނަށްއިތުބާރުހިފޭ ހައި-ސްޕީޑް އިންޓަރނެޓް ފޯރުކޮށްދިނުމުގެ އިތުރުން ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެހީތެރިވެދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުން". ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ޕީ.އާރް އެންޑް ސްޕޮންސަރޝިޕްސް، ނަޝާޔާ ނަޢީމް ވިދާޅުވިއެވެ.

އެލައިޑްގެ ފަރާތުން ވާހަކަދައްކަވަމުން އެލައިޑް ތަކަފުލްގެ މެނޭޖަރ ފާތިމަތު ނިޒްމާ ވިދާޅުވިގޮތުގައި، ދިރާގާއި ގުޅިގެން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ފުރުސަތުހުޅުވައިލައިގެން، ބޭނުންތެރި އަދި ފަސޭހައިން ލިބޭނެ ރައްކާތެރިކަމުގެ ހައްލުތަކެއް ފޯރުކޮށްދިނުމުގެ މަގު ފަހި ކޮށްދިނުމަކީ  ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

” މި ގޮތުން، އިންޝުއަރެންސްގެ ދާއިރާގައި އެލައިޑްގެ ތަޖުރިބާ އަދި ހިދުމަތްތަކާއި، ދިރާގުން މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ ފައިބަރގެ ނިޒާމުގެ އެހީގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ އިތުރުން، ދިގު މުއްދަތަކަށް އެ ފަރާތްތަކުގެ ދިރިއުޅުން ވެސް އިތުރަށް ފުރިހަމަވެގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް"އޭނާ ވިދާޅުވިއެވެ.

އެލައިޑްގެ "ހޯމް ކޮންޓެންޓްސް ތަކަފުލް" ޕްލޭންގެ އެހީގައި، ގޭތެރޭގައި ހުންނަ ސާމާނާއި، ހަރުކޮށްފައި ހުންނަ ތަކެއްޗާއި، ފަރުނީޗަރު ފަދަ ތަކެއްޗަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ލިބޭނެއެވެ. މީގެ ތެރޭގައި އަލިފާނުގެ ހާދިސާތަކާއި، ވައްކަމާއި، އުދައެރުމާއި، ފެންބޮޑުވުން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް ހިމެނެއެވެ. މި ޕްލޭނަކީ ކުއްލިއަކަށް ދިމާވާ މި ފަދަ ހާދިސާތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެ، އާއިލާތަކަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

ދިރާގުން ފޯރުކޮށްދޭ 'ސްމާޓްވިއު' އިންޑޯ ކެމެރާ އަކީ 1080ޕީ ފުލް އެޗްޑީ ކޮލިޓީގައި، ރޭގަނޑު ވެސް ސާފުކޮށް މަންޒަރު ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ކެމެރާއެކެވެ. މި ކެމެރާ 360 ޑިގްރީއަށް އަނބުރާލެވޭއިރު، އޭއައި މެދުވެރިކޮށް ހަރަކާތްތައް ދެނެގަނެ ވަގުތުން އެލާޓް ފޮނުވައިދިނުމުގެ ގާބިލުކަން ލިބިގެންވެއެވެ. މީގެ އިތުރުން، ދެކޮޅަށް ވާހަކަދެއްކޭ އޯޑިއޯ ނިޒާމެއް ހިމެނޭތީ، ކޮންމެ ތަނެއްގައި ހުރެގެން ވެސް ގޭގައި ތިބޭ އާއިލާގެ މެންބަރުންނާ ނުވަތަ ޒިޔާރަތްކުރާ މީހުންނާ ވާހަކަދައްކައި، ކަންކަން ބަލައިލެވޭނެއެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި 19 އޮގަސްޓު 2026ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ. އަދި، ދިރާގުގެ ލިމިޓެއްނެޓް ފައިބަރ ޕްލޭންތައް ބޭނުންކުރަމުންގެންދާ އަދި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުން "ހޯމް ކޮންޓެންޓްސް ތަކަފުލް" ޕްލޭންގެ ވައުޗަރ ހޯދައި އެކްޓިވޭޓްކުރާނެ ގޮތުގެ މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް އެލައިޑް ތަކަފުލްގެ ވަކި ހާއްސަ ޕްލޭންތަކަކުން %10އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މީގެ ތެރޭގައި މޯޓަރ ކޮމްޕްރިހެންސިވް ޕްލޭން، ހޯމް ކޮންޓެންޓްސް ޕްލޭން، ހިޔާވަހި، އަދި ފެމިލީ ތަކަފުލް ޕްލޭން ހިމެނެއެވެ. މި ގޮތުން، އެލައިޑްގެ ކަސްޓަމާ ކެއަރ ނުވަތަ ސޭލްސް ޗެނަލްތަކުން ހިދުމަތަށް އެދޭއިރު ދިރާގު އެލީޓް ކްލަބްގެ ޑިޖިޓަލް ކާޑު ދެއްކުމުން މި ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް %100 ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފަހި ކޮށްދިން ފުރަތަމަ އަދި ހަމައެކަނި މުވާސަލާތީ ކުންފުނި ކަމުގައިވާ ދިރާގުން ދަނީ މުޅި ރާއްޖެ ގުޅާލުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، ދިރާގާއި އެލައިޑާ ގުޅިގެން ތައާރަފްކޮށްފައިވާ މި ޕްރޮމޯޝަނަކީ ހައި-ސްޕީޑް އިންޓަރނެޓާއެކު ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.