މީހަކު ގުރުއާން ކިޔަވަނީ-
ދީން
22 May 2026 | 13:07
ޙައްޖަށްދިއުމުގެ ނަޞީބު ނުލިބުނު ނަމަވެސް، ފަރުވާތެރިވެ ހީވާގިކަމާއެކު އަޅުކަންކުރަންޖެހޭ: ޚުތުބާ

ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމުގެ ނަޞީބު މިފަހަރު ނުލިބުނު ކަމުގައި ވީ ނަމަވެސް، ޙައްޖުވެރީން ފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ ހީވާގިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް" މި މައުޟޫޢަށް ރާއްޖޭގެ އެކިކަނިކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ޙައްޖުވެރީން އެބައިމީހުންގެ ވަގުތުތައް އަޅުކަމުގައި ހޭދަކުރާ ފަދައިން، ދެން ތިބި މުސްލިމުންވެސް މި ދުވަސްވަރު ޛިކުރުކުރުމާއި، ޤުރުއާން ކިޔެވުމާއި، ނަމާދުތަކަށް ފަރުވާތެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

އަދި މާތް اللهއަށް ޓަކައި އަޅުކަން ޚާލިޞްކޮށްފި ނަމަ، މި ބަރަކާތްތެރި ދުވަސްތަކުގެ ދަރުމައާއި ސަވާބު އެކަލާނގެ ދެއްވާނެކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

ޙައްޖުގެ އަޅުކަމަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ އުފަލެއް ކަމަށާއި، ދެމިހުންނަނިވި އުފަލަކީ އާޚިރަތުގެ އުފާ ކަމަށެވެ. އެހެންކަމުން އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ޙައްޖުގެ މަނާސިކުތަކަކީ މުއުމިނުން މާތް اللهއަށް ކިޔަމަންގަތުމަށް ދެވޭ ޢަމަލީ ތަމްރީނުތަކެއްކަން ޚުތުބާގައި ބުންޏެވެ. އިޙުރާމް ބަނުމުގެ ސަބަބުން ކުރިން ހުއްދަވެގެންވީ ކަންތައްތަކެއް ޙަރާމްވެގެންދާ ދިއުމަކީ، އިންސާނާގެ މުޅި ޙަޔާތުގައިވެސް الله ޙަރާމްކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް ލިބޭ ވަރުގަދަ ފިލާވަޅެއް ކަމަށް ބުނެފައުވެއެވެ. އަދި ޙައްޖުގެ ބުރަ އަޅުކަން އަދާކުރާއިރު، އުރެދުންތަކުން ދުރުހެލިވެ ކެތްތެރިވާ މީހާގެ ޖަޒާއަކީ ސުވަރުގެކަން ރަސޫލާގެ ޙަދީޘްފުޅުތަކުން އެނގޭ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން، ޙައްޖުގެ އަޅުކަމަށްފަހުވެސް ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމަށާއި، ރަޙިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އަދި ކުރިއަށް އޮތް ބަރަކާތްތެރި އަޟުޙާ ޢީދުގެ އުފާ ފާޅުކުރާއިރު، ރުޅިވެރިކަމާއި ޙަސަދަވެރިކަން ދޫކޮށް، އިސްލާމީ އުޞޫލުތަކުގެ ތެރެއިން އެކުވެރިކަމާއި ލޯބި ފާޅުކުރުމަށް ހުރިހާ މުސްލިމުންނަށް ވަނީ ވަނީ ނަޞޭހަތްތެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.