ރޭޕްކޮށް ބޯބުރިކޮށްލި މައްސަލާގައި ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން... ފޮޓޯ: ޑާކާ ޓްރިބިއުން
ދުނިޔެ
25 May 2026 | 07:35
ބަންގްލަދޭޝްގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްލުމަށްފަހު ބޯ ބުރިކޮށްލި މީހުންގެ ޝަރީއަތް އަންނަމަހު

ބަންގްލަދޭޝްގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްލުމަށްފަހު ބޯ ބުރިކޮށްލި މީހުންގެ ޝަރީއަތް އަންނަ ޖޫންމަހުގެ އެއްވަނަ ދުވަހު ފެށުމަށް ތާވަލްކޮށްފިއެވެ.

ޕައްލަބީގައި ކުޑަކުއްޖަކު މަރާލި މައްސަލައިގެ ދަޢުވާލިބޭ ސުހައިލް ރާނާ އާއި އޭނާގެ އަންހެނުން ސުވަޕްނާ އަކްތަރުގެ މައްޗަށް ދަޢުވާ އިއްވުމުގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ޓްރައިބިއުނަލެއްގައެވެ. ޑާކާ މެޓްރޯޕޮލިޓަން ޗިލްޑްރަން ވައިލެންސް ސަޕްރެޝަން ޓްރައިބިއުނަލްގެ ފަނޑިޔާރު މަސްރޫރު ސާލެކިން މިގޮތަށް އަމުރުކުރެއްވީ، މި މައްސަލައިގައި ފުލުހުން ހުށަހެޅި ތަޙުޤީޤީ ރިޕޯޓާއި ދަޢުވާ އާ ގުޅޭ ލިޔެކިޔުންތައް ބަލައިގަތުމަށްފަހު އިއްޔެގައެވެ.

ފުލުހުން ވަނީ މި ހާދިސާގައި ސުހައިލް ރާނާ އާއި އޭނާގެ އަންހެނުންގެ މައްޗަށް ކުރެވޭ ހެކިތަކާބެހޭ ލިޔެކިޔުންތައް ޑާކާގެ ޗީފް މެޓްރޯޕޮލިޓަން މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައެވެ. އަދި ފުލުހުން ވަނީ މި މައްސަލައިގެ ޑީއެންއޭ ރިޕޯޓް ތައްޔާރުކޮށް ތަހްގީގްކުރާ އޮފިސަރާ ހަވާލުކޮށްފައެވެ. މައްސަލާގައި ތުހުމަތުކުރެވޭ ދެމަފިރިން އިއްޔެ ވަނީ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ޞަލާޙުއްދީން އަޙްމަދު ވިދާޅުވެފައިވަނީ، ލިބިފައިވާ ހެކިތަކުގެ މައްޗަށް ރިޔާއަތްކުރުމަށްފަހު މި ރޭޕް އަދި މަރުގެ މައްސަލައިގެ ޝަރީޢަތް 7 ނުވަތަ 8 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ބަންގްލަދޭޝްގެ އިތުރުން ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަން ލިބުނު މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މައްސަލައިގެ ތަފްޞީލްތަކުން އެނގޭ ގޮތުގައި، އެ ކުއްޖާ ދިރިއުޅޭ ގޭގެ ކައިރި އެޕާޓްމަންޓެއްގައި ކުއްޔަށް އުޅޭ ސުހައިލް ރާނާ، އޮޅުވާލައިގެން އެ ކުއްޖާ އޭނާގެ ކޮޓަރިއަށް ގެންގޮސް ރޭޕްކުރުމަށްފަހު ވަނީ މަރާލާފައެވެ.

އަންހެން ކުއްޖާގެ ބޯބުރިކޮށްލާފައިވާއިރު ކުއްޖާގެ ހަށިގަނޑު ފަހުން ފެނިފައިވަނީ އެނދު ދަށުންނެވެ. އަދި އޭނާގެ ބޯ ފެނުނީ ފާޚާނާ ތެރޭގައި ހުރި ބާލިދީއެއްގެ ތެރޭގައި ފޮރުވާފައި އޮއްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.