ހައްޖުވެރިން-
ދުނިޔެ
25 May 2026 | 09:19
ޙައްޖުވެރިން މިނާއަށް ގެންދިޔުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިއްޖެ: ސަޢުދީ

މި އަހަރުގެ ހައްޖުގެ އަޅުކަން މިއަދު ފެށިގެންދާއިރު، ހައްޖުވެރިން މިނާއަށް ގެންދިއުމަށް ވާންޖެހޭ ހުރިހާ އިދާރީ އަދި ފަންނީ ތައްޔާރީތަކެއް ފުރިހަމަކޮށް ނިމިފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އިއްޔެ އިއުލާންކޮށްފިއެވެ.

ހައްޖުގެ މަނާސިކުތައް މިއަދު ފެށިގެންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް އައިސްފައިވާ 1.5 މިލިއަނަށްވުރެ ގިނަ ހައްޖުވެރިންނާއި، ސައުދީގެ އެތައް ލައްކަ ރައްޔިތުންނެއް މިހާރު ދަނީ މައްކާގައި ތިބި ތަންތަނުން މިނާއަށް ދިއުމަށް ދަތުރު ފަށަމުންނެވެ.

ކީރިތި ރަސޫލާ ﷺ ގެ ސުންނަތާ އެއްގޮތްވާ ގޮތުގެ މަތިން، ތަލްބިޔާ ކިޔަމުންނާއި މާތްالله އަށް ޒިކުރު ކުރަމުން ހައްޖުވެރިން ދަނީ ފޭލިގެތަކުގެ ރަށް ކަމަށްވާ މިނާއަށް ޖަމާވަމުންނެވެ.

ހައްޖު މިނިސްޓްރީން ބުނި ގޮތުގައި، ހައްޖުވެރިންގެ ދަތުރުފަތުރާއި، ފޭލިގެތަކަށް ވަނުމާއި، އަދި ދެވޭ ހިދުމަތްތަކުގެ ފެންވަރު ބެލުމަށްޓަކައި ހާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި ހައްޖުވެރިން ތިބޭ ތަންތަނުން މިނާއަށް ގެންދިއުމާއި، މަގު ދެއްކުމާއި، ހޭލުންތެރިކުރުމުގެ ހިދުމަތްތައް ހިމެނެއެވެ. މި ހުރިހާ ކަމެއް ކުރިއަށްދަނީ 2026 ވަނަ އަހަރުގެ ހައްޖު މޫސުމަށް އެކުލަވާލާފައިވާ އޮޕަރޭޝަނަލް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ސައުދީން ބުނިގޮތުގައި ކަމާގުޅޭ އެކި އިދާރާތަކާ ގުޅިގެން، މިނާގައި ހައްޖުވެރިން ތިބޭނެ ތަންތަނާއި، ކާބޯތަކެއްޗާއި، ދަތުރުފަތުރުގެ ހިދުމަތްތައް ވަނީ ފުރިހަމައަށް ތައްޔާރުކޮށްފައެވެ. އަދި ދިމާވާ އެންމެހާ މައްސަލަތައް ވަގުތުން ދެނެގަނެ ހައްލުކުރުމަށްޓަކައި ފީލްޑް މޮނިޓަރިންގް ވަރުގަދަކޮށްފައިވެއެވެ. މި މަސައްކަތްތައް ވިލަރެސްކުރަމުން ދަނީ ކްރައުޑް މެނޭޖްމަންޓް އެންޑް ޖޮއިންޓް އޮޕަރޭޝަންސް ސެންޓަރާއި، މޮނިޓަރިންގް އެންޑް ކޮންޓްރޯލް ސެންޓަރުގެ އެހީގައެވެ.

ހައްޖު މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ޛުލްޤަޢިދާ މަހުގެ ކުރީކޮޅުން ފެށިގެން މިހާތަނަށް 83,000 އަށްވުރެ ގިނަ އިންސްޕެކްޝަން އަދި ފީލްޑް ވިޒިޓްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޒިޔާރަތްތަކުގައި ހައްޖުވެރިން ތިބޭ ހޮޓާތަކާއި، ކޭމްޕްތަކާއި، ހިދުމަތްދޭ އެހެނިހެން މަރުކަޒުތައް ބަލައި ފާސްކޮށް، ހުރިހާ ތަނެއްގައިވެސް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ހިދުމަތް ދެވޭކަން ވަނީ ކަށަވަރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.