މަންފާ އީދު އުފާ މި ފަހަރު އޮތީ ފެރިދޫގައި --
ހަބަރު
25 May 2026 | 17:15
މަންފާ އީދު އުފާ މި ފަހަރު އއ. ފެރިދޫގައި, މީޑިއާ ޕާޓްނަރަކީ ވޮއިސް

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ވަރަށް ފުޅާ ދާއިރާއެެއްގައި މަސައްކަތް ކުރާ މަންފާ އިން މި ފަހަރު އީދު ފާހަގަ ކުރާނީ އއ. ފެރިދޫގައި ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

މީގެ އަހަރެއްހާ ދުވަސްކުރީން އުފެދުނު މަންފާ އަކީ މިވަގުތު ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ އެންމެ މަގުބޫލު ޖަމިއްޔާ އެވެ. އެ ޖަމިއްޔާ އިން މިދިޔަ ކުޑަ އީދު ވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރި އެވެ. ކުޑައީދު ފާހަަގަކުރީ އދ. މާމިގިލީގަ އެވެ. މިދިޔަ އަހަރުގެ ބޮޑު އީދު, އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގައި ވެސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވެ އެވެ.

މަންފާއިން ބުނީ މި އަހަރުގެ ބޮޑު އީދު ފާހަގަ ކުރަން ހަމަޖެހިފައިވަނީ އއ. ފެރިދޫގައި ކަމަށެވެ. އެގޮތުން "މަންފާ އީދު އުފާ" ނަމުގައި އެ ރަށުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

މަންފާ އީދު އުފާ މި ފަހަރު އޮތީ ފެރިދޫގައި --

އެންމެ ޚާއްސަ އެއް ހަރަކާތަކީ އީދު ދުވަހު ހަވީރު އޮންނަ ކުޑަކުދީންގެ ހަވީރެވެ. މި ހަވީރުގައި ކުޑަކުދީންގެ މެދުގައި އެންމެ މަގުބޫލު ހުށައެޅުންތެރިޔާ އިބްރާހިމް ރަމީޒު (އިބޭ) ބައިވެރިވާނެ އެވެ. އިބްރާހިމް ރަމީޒުގެ އިތުރުން އަލީ ރަމީޒާއި އަހްމަދު ހަމީދު އާދަމް (ވަޖޭ) ވެސް ބައިވެރިވާނެ އެވެ.

މީގެ އިތުރުން މި ފަހަރުގެ އީދާ ދިމާކޮށް އެ ރަށުގައި މަދަހަ މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތުގައި އުމުރުން 15 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭނެ އެވެ. އަދި މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އީދާއި ގުޅިގެން ވަރަށް ޚާއްސަ އިވެންޓެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.

"މަންފާ އީދު އުފާ 1447" ގެ މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ. ވޮއިސް އިން މަންފާ އީދު އުފާ ހަރަކާތްތަކާއި ގުޅުންހުރި ޚަބަރުތަކާއި މައުލޫމާތުތައް ގެނެސްދޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ