އަލީ ރަމީޒުގެ އައު ޢީދު މަދަހަ --
ހަބަރު
26 May 2026 | 17:16
ތޭރަ އަހަރަށް ފަހު އަލީ ރަމީޒުގެ ޢީދު މަދަހައެއް، ވަރަށް ހިތްގައިމު

ތޭރަ އަހަރަށް ފަހު އަލީ ރަމީޒުގެ ޢީދު މަދަހައެއް މިއަދު ސޯޝަލް މީޑިއާގައި ރިލީޒްކޮށްފި އެވެ.

މިފަހަރުގެ ޢީދު މަދަހަ ނެރެފައިވަނީ ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ "މަންފާ" ގެ ޕްރޮޑަކްޝަނެއްގެ ގޮތުގަ އެވެ.

ކުޅަދާނަ ޅެންވެރިޔާ އާދަމް ޙަލީމް އަދުނާން ތައްޔާރު ކޮށްފައިވާ ޅެމަކަށް ކިޔާފައިވާ މި ޢީދު މަދަހައިގެ ނަމަކީ "ޢީދު މުބާރަކު" އެވެ.

މަދަހައިގެ މައިގަނޑު ވޯކަަލިސްޓަކީ އަލީ ރަމީޒެވެ. މަދަހަ ކިޔުމުގައި އިތުރު ކުދީންތަކެއް ވެސް ބައިވެރިވެ އެވެ.

"މަންފާ" އިން މަދަހަ ރިލީޒްކޮށްފައި ވަނީ ވަަރަށް ހިތްގައިމު ވީޑިއޯއަކާ އެކު އެވެ.

މަދަހައިގެ ކަވަރ --

"ޢީދު މުބާރަކު" މި މަދަހަ އަކީ ތޭރަ އަހަރަށް ފަހު ރިލީޒްކުރި އަލީ ރަމީޒުގެ ފުރަތަމަ ޢީދު މަދަހަ އެވެ. މީގެ ތޭރަ އަހަރު ކުރީން އަލީ ރަމީޒު ވަނީ "ތަހާނީ" ނަމުގައި އީދު މަދަހަ އަލްބަމެއް ނެރެފަ އެވެ. އެއީ ޢީދާއި ގުޅިގެން މިހާތަނަށް ނެރެވުނު އެންމެ ކާމިޔާބު މަދަހަ އަލަބަމް އެވެ. އެ މަދަހަތައް އަދިވެސް ދިވެހީންގެ ތެރޭގައި ވަރަށް މަޝްހޫރެވެ.

ވޮއިސްއާ ވާހަކަ ދައްކަވަމުން އަލީ ރަމީޒު ވިދާޅުވީ އަންނަ އަހަރުގެ ބޮޑު ޢީދާ ދިމާކޮށް ޢީދު މަދަހަތަކެއް ނެރުމަށް ގަސްތު ކުރާ ކަމަށެވެ. 

މަދަހައިގެ ކަވަރ --

ވޮއިސްއާ ވާހަކަ ދައްކަވަމުން އަލީ ރަމީޒު ވިދާޅުވީ އަންނަ އަހަރުގެ ބޮޑު ޢީދާ ދިމާކޮށް ޢީދު މަދަހަތަކެއް ނެރުމަށް ގަސްތު ކުރާ ކަމަށެވެ. 
މަދަހައިގެ ކަވަރ -- Select an Imageދިވެހީންގެ ތެރޭގައި އެންމެ މަޝްހޫރުވި މަދަހަތައް ކިޔާފައިވަަަނީ އަލީ އެވެ. އޭގެ ތެރޭގައި "ކުޑަކުޑަ ދަރިފުޅު ރޯލުމުން" އާއި "ބައްޕަދޭ ހެޔޮހާ ނަސޭހަތް" ފަދަ މަދަހަތައް ހިމެނެ އެވެ. ބައެއް މަދަހަތައް ޔޫޓިއުބުން އެކަނިވެސް ތިން މިލިއަން ފަހަރު ބަލާފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ