ކުޑަހުވަދޫ ބުރަދާސް އެކަޑަމީން އިންތިޒާމްކޮށްގެން ބާއްވާ، "ކުޑަހުވަދޫ ބޮޑުއީދު ފުޓްސަލް ޗެލެންޖް 1447" މުބާރާތުގެ ފުރަތަމަ މެޗް ތަފާތުބޮޑު ނަތީޖާއަކުން މައިދާން ސްޕޯޓްސް ކްލަބް ކާމިޔާބު ކޮށްފިއެވެ.
ގްރޫޕް އޭގައި މިރޭ ބައިދާން އެސްސީ އާއި ޔުނައިޓެޑް ރޯޔަލް ބައްދަލުކުރިމެޗް، މައިދާނުން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. ކުދަހުވަދޫ އަކިރެޔިރެ ފުޓްސަލް ގްރައުންޑުގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގޮސްފައިވަނީ، ފަހު ހާފްގެ ތެރޭގައެވެ.
މެޗްގައި މައިދާން އެސްސީ އަށް ގޯލް ހުޅުވާލަދިނީ، 30 ވަނަ މިނެޓް ތެރޭގައި ޢަލީ އަޒްވާން އެވެ. އެއަށް ފަހު މެޗުގެ ދެވަނަ ގޯލް 33 ވަނަ މިނެޓް ތެރޭގައި ކާމިޔާބުކޮށްދިނީ އަހުމަދު ޝާނިއު އެވެ. މައިދާނުން މޮޅަށް ކުޅުނު މިމެޗްގައި އެޓީމްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ އަޔާޒު މުޙައްމަދެވެ. މެޗުގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު މައިދާން އެސްސީ އަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ސަރުމަދެވެ.
މައިދާން އެސްސީ އާއި ޔުނައިޓެޑް ރޯޔަލް ބައްދަލުކުރި މެޗްގެ ތެރެއިން...
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ މައިދާން އެސްސީގެ އަހުމަދު ޝާނިއު ޢަބްދުލް ޢަނީ އެވެ.
މިރޭގެ މެޗްގެ ނަތީޖާއަށް ބަލައި ޔުނައިޓެޑް ރޯޔަލްސް އަށް ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން ނޫނީ ގްރޫޕް ސްޓޭޖް ފަހަނައެޅާދިއުން ދަތިވާނެއެވެ.
މުބާރާތް ހުޅުވިމެޗް ތަފާތުބޮޑު ނަތީޖާއަކުން މައިދާން ކާމިޔާބުކުރިއިރު، އެޓީމަކީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަނުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists